ސްވީޓް ކޯން އެން ޗިކަން ރައިސް
ކައްކާފައިހުރި ބްރައުން ރައިސް، ސްވީޓް ކޯން އަދި ބޯންލެސް ޗިކަން އެކުލެވިގެން ހަދާ ރައިސް ރެސިޕީއެކެވެ.
މިއީ ކައްކާފައިހުރި ބްރައުން ރައިސް، ކުކުޅުމަހާއި ސްވީޓް ކޯން އަދި ފެހި މިރުސް އެކުލައިގެން އެއް ތަވައެއްގައި ހަދާ، ލުއި އަދި ފަސޭހަ ބަތެކެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ބަތް (ލޮނާއި ތެޔޮ ނުލާ ކައްކާފައިހުރި ބްރައުން ރައިސް)
1 ފަޅި ފިޔާ (ހިމުންކޮށް ކޮށާފައި)
1/2 ޖޯޑު ސްވީޓް ކޯން
1/2 ޖޯޑު ބޯންލެސް ޗިކަން (ހިމުންކޮށް ކޮށާފައިހުރި)
1 ލޮނުމެދު (ހަނިކޮށް ފަޅިފަޅިކޮށްފައި)
1/2 ސައިސަމުސާ އިނގުރު (ހިމުންކޮށް ކޮށާފައިހުރި)
1 ހިކަނދިފަތް
1/3 ސައިސަމުސާ އަޖިނަމޮޓޯ
2 ފެހި ތޮޅިމިރުސް (ހަނިކޮށް ފަޅިފަޅިކޮށްފައި)
ސަންފްލާވަރ އޮއިލް ފޮދެއް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވައެއް އުނދުން މައްޗަށް އުދާފައި ތެޔޮ ފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާކޮޅާއި ހިކަނދިފަތް، މިރުސް އަދި މަސްކޮޅު އަޅާށެވެ.
މަސްކޮޅު ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ.
މަސްކޮޅު ރޯފިލުމުން ބާކީ ހުރިހާ ތަކެއްޗެއް އެއްކޮށް އަޅާށެވެ.
ރަހަ ހިފީމާ އުނދުން މަތިން ބާލާށެވެ.