Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހި ކާނާ

ޓޫނާ ފްރައިޑް ރައިސް

ބާސްމަތީ ބަތް، ދަޅުމަސް، ބިސް، ކެބެޖް އަދި ސޯޔާ ސޯހުން ހަދާ ޓޫނާ ފްރައިޑް ރައިސްއެކެވެ.

Fried rice with tuna.
Fried rice with tuna. Photo: Bawani Sri Jayaveeran / Wikimedia Commons, CC BY-SA 4.0

މި ޓޫނާ ފްރައިޑް ރައިސްއަކީ ކައްކާފައިވާ ބާސްމަތީ ބަތާއި ދަޅުމަހާއި ބިހާއި ތަރުކާރީއިން އަވަހަށް ތައްޔާރުކުރެވޭ މީރު ކެއުމެކެވެ. ސޯޔާ ސޯސް ކޮޅުން ބަތަށް މަޑު މުށި ކުލައެއް ލިބެއެވެ.

ބޭނުންވާ ތަކެތި

  • 3 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)

  • 1 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)

  • 1 ސައިސަމުސާ ލޮނުމެދު އަދި އިނގުރު (ޗިސްކޮށްފައި ހުރި)

  • 2 ބިސް

  • 1/3 ސައިސަމުސާ މުގުރި އަސޭމިރުސް

  • 1/2 ޖޯޑު ކެބެޖް (ހިމުންކޮށް ކޮށާފައި ހުރި)

  • 1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)

  • 1/2 ސައިސަމުސާ އަޖިނަމޮޓޯ

  • 1/3 ދަޅު ފެލިވަރުމަސް

  • 1 ސައިސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި ހުރި)

  • ރަހަލާ ވަރަށް ލޮނު

  • ތެޔޮފޮދެއް

  • މަޑު މުށި ކުލަ ހިފާވަރަށް ސޯޔާ ސޯސް

ތައްޔާރުކުރާ ގޮތް

  1. ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.

  2. ތެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް، ކެބެޖް އަދި ކެރެޓް އަޅާށެވެ.

  3. ކުޑަކޮށް މޯޅިވުމުން ބިސް ތަޅާފައި އަޅާށެވެ.

  4. ބިސް އެތިއެތިކޮޅަށް ވެ ރޯފިލުމުން ބަތް ފިޔަވައި ބާކީ ތަކެތި ފަހަރަކު ބާވަތެއް އަޅާށެވެ.

  5. އެއްވީމާ ބަތްކޮޅު އަޅާފައި އެއްކޮށްލާށެވެ.

  6. ތަށްޓަށް އަޅާފައި ސާރވް ކުރާށެވެ.