ލީވްސްއެން ފިޝް ރައިސް
ޕެޝަން ފުރުޓް ފަތާއި ފަރުމަސް، ލޮނާއި ތެޔޮ ނުލާ ކައްކާފައިހުރި ބްރައުން ރައިސްއާއި އެކުލައިގެން ހަދާ ރައިސް ރެސިޕީއެކެވެ.
މިއީ ހިމުންކޮށް ކޮށާފައިހުރި ޕެޝަން ފުރުޓް ފަތާއި ފަރުމަސް، ބްރައުން ރައިސް، ފިޔާއާއި ފެހި މިރުސް އެކުލައިގެން ހަދާ، ލުއި އަދި ތާޒާ ބަތެކެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ބަތް (ލޮނާއި ތެޔޮ ނުލާ ކައްކާފައިހުރި ބްރައުން ރައިސް)
1 ޖޯޑު ޕެޝަން ފުރުޓް ފަތް (ހުންނަހާ ހިމުންކޮށް ކޮށާފައިހުރި)
2 ހިކަނދިފަތް
1 ލޮނުމެދު (ގާނާފައިހުރި)
1/2 ސައިސަމުސާ އިނގުރު (ގާނާފައިހުރި)
1 ފަޅި ފިޔާ (ހިމުންކޮށް ކޮށާފައިހުރި)
1/2 ޖޯޑު ފަރުމަސް (ހިމުންކޮށް ކޮށާފައިހުރި)
2 ފެހި ތޮޅިމިރުސް (ހަނިކޮށް ފަޅިފަޅިކޮށްފައިހުރި)
ލޮނުކޮޅެއް
ކުޑަ ސަންފްލާވަރ އޮއިލް ފޮދެއް
ތައްޔާރުކުރާ ގޮތް
ފުރަތަމަ ތަވައެއް އުނދުން މައްޗަށް އުދާފައި ތެޔޮ ފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާ، މިރުސް އަދި ހިކަނދިފަތް އެއްކޮށް އަޅާށެވެ.
ފިޔާކޮޅު މޯޅިވަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ.
ފިޔާކޮޅު މޯޅިވީމާ ބަތް ފިޔަވައި ބާކީ ހުރިހާ ތަކެއްޗެއް އެއްކޮށްލާށެވެ.
ރޯފިލުމުން ބަތްކޮޅު އެއްކޮށްލާށެވެ.