Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހި ކާނާ

ނޫޑްލްސް ވިތް ގްރިލްޑް ފިޝް

ކައްކާފައިހުރި ނޫޑްލްސް ތަރުކާރީއާއި އެކު، ދެފަރާތަށް ފިހާ މަސްފޮތި ތަށީގައި ދޭ ރެސިޕީއެވެ.

A bowl of noodles served with grilled fish.
A bowl of noodles served with grilled fish. Photo: Wagaung / Wikimedia Commons, CC BY-SA 3.0

މިއީ ފިޔާއާއި ތަރުކާރީއާއެކު ހަލާލާފައިވާ ނޫޑްލްސްގެ މަތީގައި، ލުނބޯ، ސޯޔާ ސޯސް އަދި މިރުހުގެ ރަހަ ވައްދާފައި ފިހާ މަސްފޮތި އަތުރާލައިގެން ހަދާ ކެއުމެކެވެ. ފަސޭހައިން ހެދޭ، ބަނޑުފުރޭ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ޕެކެޓް ނޫޑްލްސް (ކައްކާފައި)

  • 1 ފިޔާ (ކޮށާފައި)

  • 1 ޖޯޑު ކޮށާފައިވާ ލީކްސް، ގްރީން ބީންސް އަދި ކެޕްސިކަމް

  • 1 މޭޒުމަތީ ސަމުސާ ވިނިގަރ

  • 3 މަސްފޮތި (ތުނިކޮށް ފޮތިކޮށްފައި)

  • 1/2 ސައިސަމުސާ މުގުރި އަސޭމިރުސް

  • 1 ރޯމިރުސް (ހިމުންކޮށް ކޮށާފައި)

  • 1/3 ސައިސަމުސާ އަޖިނަމޮޓޯ

  • 1 ފަޅި ލުނބޯ

  • 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

  • 1/2 ސައިސަމުސާ މުގުރި މިރުސް

  • ލޮނުކޮޅެއް

ތައްޔާރުކުރާ ގޮތް

  1. ލުނބޯހުތާއި ލޮނާއި މުގުރި އަސޭމިރުހާއި މުގުރި މިރުހާއި ސޯޔާ ސޯސް އެއްކޮށް މޮޑެލާށެވެ. މި އެއްޗެއް މަސްފޮތިތަކުގައި ހާކާފައި ބަހައްޓާށެވެ.

  2. ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ. ތެޔޮ ހޫނުވީމާ މަސްފޮތިތައް ތަވާގައި އަތުރާށެވެ.

  3. މަސްފޮތިތައް ދެފުށް ދެފުށަށް އަނބުރަމުން ފިހާށެވެ.

  4. ވަކި ތަވާއެއް އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ. ތެޔޮ ހޫނުވީމާ ފިޔާއާއި މިރުހާއި ތަރުކާރީ އެއްކޮށް އަޅާށެވެ.

  5. ފިޔާ މޯޅިވީމާ ނޫޑްލްސް އަޅައި އެއްކޮށްލާށެވެ.

  6. ނޫޑްލްސް ތަށްޓަކަށް އަޅައި، މަސްފޮތިތައް މަތީގައި އަތުރާލާށެވެ.

  7. ޗިލީ އެން ގާލިކް ސޯސްއާއެކު ސާރވް ކުރާށެވެ.