ދަނޑިއަލުވި ކޭކް
ބިސް، ބަޓަރު އަދި ހަކުރުން ހަދައި އަވަނުން ފިހާ ދަނޑިއަލުވި ކޭކެކެވެ.
ދަނޑިއަލުވި އަޅައިގެން ހަދައި ޓްރޭއެއްގައި ފިހާ، ބަޓަރުގެ ރަހަ ގަދަ މަޑު ކޭކެކެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ބައި ހަކުރު
6 ބިސް
2 މޭޒުމަތީ ސަމުސާ ހިކިކިރު
1 ޖޯޑު ބަޓަރު
ތައްޔާރުކުރާ ގޮތް
ބަޓަރާއި ހަކުރު އެއްކޮށް އޮމާންވަންދެން ގިރާށެވެ.
ފުށާއި ބޭކިންގ ޕައުޑަރާއި ހިކިކިރު އެއްކޮށް ފުރާނާށެވެ.
ފަހަރަކު ބިހަކާއި ފުށްކޮޅެއް އަޅަމުން، އޮމާންވަންދެން ގިރަމުން ގެންދާށެވެ.
ދެން ދަނޑިއަލުވިކޮޅާއި އެސެންސް އެއްކޮށްލާށެވެ.
ރަނގަޅަށް އެއްވީމާ ޓްރޭގައި ބަޓަރު ހާކައި، ފުށްގަނޑު އަޅައި އަވަނުން ފިހާށެވެ.