ވައިޓް ޗޮކޮލެޓް އެން ޕެއަރ ކޭކް
ވައިޓް ޗޮކޮލެޓާއި ޕެއަރ ދަޅު އެކުލެވޭ، މަތީގައި ޕެއަރގެ އައިސިންގ ހާކާލާ ކޭކެކެވެ.
ދިޔާކޮށްފައިވާ ވައިޓް ޗޮކޮލެޓުން ހަދާ މަޑު ކޭކެކެވެ. ކޭކުގެ މެދުގައި ޕެއަރ ފޮތިތައް އަތުރާލައިގެން ފިހާއިރު، މަތީގައި ޕެއަރ ދަޅުގެ ޖޫހުން ހަދާ އައިސިންގ ހާކާލެވެއެވެ.
ބޭނުންވާ ތަކެތި
ކޭކަށް
100 ގ. ވައިޓް ޗޮކޮލެޓް (ކޮށާފައި)
125 ގ. ބަޓަރު
1/2 ޖޯޑު މުގުރި ހަކުރު
2 ބިސް
1 1/2 ސެލްފްރެއިޒިން ފްލަރ (ފުރާނާފައި)
1/2 ޖޯޑު ދިޔާކިރު
450 ގ. ޕެއަރ ދަޅު
އައިސިންގއަށް
1/4 ޖޯޑު އައިސިންގ ޝުގަރ
20 ގ. ބަޓަރު
2 ސައިސަމުސާ ފެން
ތައްޔާރުކުރާ ގޮތް
ކޭކަށް
ތެއްޔަކަށް ފެން އަޅައި ކައްކަން އުދާލާށެވެ.
ޗޮކޮލެޓް ބޯލަކަށް އަޅައި، ކެކެމުންދާ ފެނުގެ މަތީގައި ބަހައްޓައިގެން ދިޔާކުރާށެވެ. ދެން އުނދުންމަތިން ބާލާށެވެ.
ކްރީމް، ބަޓަރު އަދި ހަކުރު އެއްކޮށް އޮމާންވަންދެން ރަނގަޅަށް ގިރާށެވެ.
ބިހުގެ ގޮބޮޅި އެއާ އެއްކޮށްލުމަށްފަހު، ދިޔާކޮށްފައިވާ ޗޮކޮލެޓް ވެސް އަޅައި އޮމާންވަންދެން ގިރާށެވެ.
ކޭކު ފުށްގަނޑުގެ އެއްބައި ކޭކު ފިހާތަށްޓަށް އަޅާށެވެ.
އޭގެ މަތީގައި ޕެއަރ ފޮތިފޮތިކޮށް އަތުރާލުމަށްފަހު، ފުށްގަނޑުގެ އަނެއްބައި އޭގެ މައްޗަށް އަޅާށެވެ.
އަވަނުން ފިހާށެވެ.
އައިސިންގއަށް
ޕެއަރ ދަޅުގެ ޖޫހާއި ފެން އެއްކޮށް އުނދުން މައްޗަށް އުދާލާށެވެ.
މަޑުގިނީގައި ހޫނުކުރަމުން ބަޓަރާއި އައިސިންގ ޝުގަރ އަޅައި އޮމާންވަންދެން ގިރާށެވެ.
ކޭކު މަތީގައި ހާކާލާށެވެ.