ސްވީޓް އެން ސަވަރ ފިޝް
ތެލުލާފައިވާ ރޯމަސް، ފިޔާ، ކެޕްސިކަމް، އަލަނާސި، ޗިލީ ގާލިކް ސޯސް އަދި ޓޮމާޓޯ ސޯސް އެކުލައިގެން ހަދާ ކެއުމެކެވެ.
ސްވީޓް އެން ސަވަރ ފިޝް އަކީ ތެލުލާފައިވާ ރޯމަސް، ފިޔާ، ކެޕްސިކަމް އަދި އަލަނާސި، ފޮނި އަދި ހުތް ރަހަ ލިބޭ ސޯސްއެއްގައި ހަލާލައިގެން ހަދާ މީރު ކެއުމެކެވެ. އެއް ތަވާއެއްގައި އަވަހަށް ތައްޔާރުކުރެވޭނެއެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ރޯމަސް (ޗިލީ ފިޝްގެ ސައިޒަށް ކޮށާ، ތެލުލާފައި)
2 ފިޔާ (ބޮޑުކޮށް ކޮށާފައި)
2 ކެޕްސިކަމް (ކަރުނަގާ ކޮށާފައި)
1 ފަޅި ބެލް ޕެޕަރ (ކޮށާފައި)
2 ފޮތި އަލަނާސި (ކޮށާފައި)
1 ސައިސަމުސާ ކޯން ފްލަރ
1/2 ސައިސަމުސާ ހަކުރު
2 ލޮނުމެދު (ހިމުންކޮށް ކޮށާފައި)
1 ސައިސަމުސާ އިނގުރު (ވަރަށް ހިމުންކޮށް ކޮށާފައި)
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ އަޖިނަމޮޓޯ
1/2 ޖޯޑު ޗިލީ އެން ގާލިކް ސޯސް
1/2 ޖޯޑު ޓޮމާޓޯ ސޯސް
އިތުރަށް 1/4 ސައިސަމުސާ މުގުރި އަސޭމިރުސް
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާ ގޮތް
ތަވާ ހޫނުކޮށް ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާއާއި ކެޕްސިކަމް އަޅާށެވެ. ކުޑަކޮށް މޯޅިވަންދެން ހަލަމުން ގެންދާށެވެ.
ދެން ބެލް ޕެޕަރާއި އަލަނާސިއާއި ތެލުލާފައިވާ މަސް އަޅާށެވެ.
އަލަނާސި ކުޑަކޮށް މޯޅިވީމާ ބާކީ ހުރި ބާވަތްތައް އެއްޗެއް އެއްޗެއް އަޅާށެވެ.
ކޯން ފްލަރާއި ހަކުރު، ކިރިޔާ ރޯފިލާވަރުގެ ފެންފޮދެއްގައި ގިރާލާފައި އަޅާށެވެ.
ސޯސް ރަހަ ހިފީމާ އުނދުން މަތިން ބާލާށެވެ.