Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހި ކާނާ

ރިހާކުރު ބޯކިބާ

ރިހާކުރު، ހަނޑޫ، ކާށި، މިރުސް އަދި ލުނބޯއިން ހަދާ ރިހާކުރު ބޯކިބާއެކެވެ.

A savoury fish-paste snack.
A savoury fish-paste snack. Photo: Sayan Adhikary007 / Wikimedia Commons, CC BY-SA 4.0

ރިހާކުރުގެ ރަހަ ވަދެފައިވާ މި ބޯކިބާއަކީ ހަވީރު ސައިއާއެކު އެންމެން ލޯބިވާ ކާއެއްޗެކެވެ.

ބޭނުންވާ ތަކެތި

  • 1 ލާހި ރިހާކުރު

  • 1/2 ނުވަތަ 2 ލާހި ހަނޑޫ

  • 1 ބޮޑުކާށީގެ ހުނި

  • 4 ގިތެޔޮ މިރުސް

  • 4 ލުނބޯ

  • 3 ފިޔާ

  • ހިކަނދިފަތް، އިނގުރު ކޮޅެއް، ލޮނު ކޮޅެއް

ތައްޔާރުކުރާ ގޮތް

  1. ހަނޑޫ ފުދޭވަރަކަށް ރާޅުކޮށް ފުޑާށެވެ. ނުވަތަ ދަތިން މުގުރާށެވެ.

  2. އެހެން ހުރިހާ އެއްޗެއް ވަރަށް ތުނިކޮށް ކޮށާށެވެ.

  3. ރިހާކުރާއި ލުނބޯހުތް އަދި ލޮނު ކޮޅެއް އަޅައިގެން 15 މިނިޓް ވަންދެން މޮޑެލާށެވެ.

  4. ރަނގަޅަށް މޮޑެވުމުން ފިޔާތައް ހުންނާނީ ގާތްގަނޑަކަށް ޗިސްވެފައެވެ. ނޫނީ ވަރަށް ތުނިވެފައެވެ.

  5. ހުންޏާއި މުގުރާފައި ހުރި ފުއް އަޅައިގެން ރަނގަޅަށް އެއްކޮށްފައި ރަހަ ރަނގަޅުކުރާށެވެ.

  6. ތެއްޔެއްގައި ރަނގަޅަށް ތެޔޮ ހާކާފައި ބޯކިބާގެ ފުއްގަނޑު އޮއްސާލާށެވެ.

  7. މަތީގައި އަލިފާން ލައިގެން ރަނގަޅަށް ފިހާށެވެ.

ނޯޓް

  • ބޯކިބާ ފަދަ ކާއެއްޗެހި އަބަދުވެސް އެއް ދުވަސް ކުރިން ހެދުމުން ރަހަ މީރުވެއެވެ. ނޫނީ ހަވީރަށް ބޭނުންވާ އެއްޗެހި މެންދުރު ކުރިން ހަދާށެވެ.

  • ހަމަ މިގޮތަށް ބިންބި ފަތަފޮޅި ނުވަތަ ބިންބި ބޯކިބާވެސް ހެދިދާނެއެވެ. ހަނޑުލު ފުށުގެ ބަދަލުގައި ބިންބި ފުށް ލާށެވެ.

  • ފަތަފޮޅި ނަމަ ކެޔޮފަތުގައި ނުވަތަ ދިއްގާފަތުގައި އޮޅައިގެން ފިހާށެވެ.