ފްރައިޑް ޓޮމާޓޯ ޕާސްޓާ
ފެނުގައި ކައްކާފައިހުރި ޕާސްޓާ ޓޮމާޓޯއާއި މިންސްޑް ޗިކަންއާއި އެކު ފްރައި ކުރާ ރެސިޕީއެވެ.
މިއީ ފެނުގައި ކައްކާފައިވާ ޕާސްޓާ، ޓޮމާޓޯ، މިންސްޑް ޗިކަން، ފިޔާ އަދި ރޯމިރުސްއާއެކު، ލޮނުމެދާއި އިނގުރާއި ބޭސިލްގެ ރަހަ ލައިގެން ފްރައި ކުރާ ޕާސްޓާއެކެވެ. ޓޮމާޓޯގެ ރަހަ ގިނަ، ލުއި ކެއުމެކެވެ.
ބޭނުންވާ ތަކެތި
4 ޖޯޑު ފެނުގައި ކައްކާފައިވާ ޕާސްޓާ
5 ޓޮމާޓޯ (ހަނިދިގަށް ކޮށާފައި)
1 ޖޯޑު މިންސްޑް ޗިކަން
1/2 ސައިސަމުސާ އަޖިނަމޮޓޯ
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 ރޯމިރުސް (ހިމުންކޮށް ކޮށާފައި)
3 ލޮނުމެދު (ގާނާފައި)
1 ސައިސަމުސާ އިނގުރު (ގާނާފައި)
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ޕީލްޑް ޓޮމާޓޯ
1/5 ސައިސަމުސާ ބޭސިލް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާ، ލޮނުމެދު، އިނގުރު އަދި ރޯމިރުސް އަޅާށެވެ.
ފިޔާ މޯޅިވީމާ ޕާސްޓާ ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތެއް އެއްކޮށް އަޅާށެވެ.
ރޯފިލުމުން ޕާސްޓާ އަޅައި އެއްކޮށްލާށެވެ.