ފްރެޝް ފިޝް ރައިސް
ފަރުމަސް، ރާނބާފަތް، ފޮނިތޮށި އަދި ކާފޫރުތޮޅި އަޅައިގެން ކައްކާ ބްރައުން ރައިސްގެ ބަތެކެވެ.
ބްރައުން ރައިސްއާއި ފަރުމަސް އެއް ތެއްޔަކަށް އަޅައިގެން ކައްކާ ފަސޭހަ ބަތެކެވެ. ރާނބާފަތާއި ފޮނިތޮށްޓާއި ކާފޫރުތޮޅީގެ މީރު ވަހެއް ލިބޭ މި ބަތަކީ ބަނޑުފުރޭ ކެއުމެކެވެ.
ބޭނުންވާ ތަކެތި
3 ޖޯޑު ބްރައުން ރައިސް
300 ގ. ފަރުމަސް (ކަށިނުލާ ކުދިކޮށް ކޮށާފައި)
2 ހިކަނދިފަތް
5 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިބުރިކޮށްފައި)
1/2 އިންޗީގެ 2 ފޮނިތޮށިކޮޅު
4 ކާފޫރުތޮޅި (ދެކޮޅަށް ބުރިކޮށްފައި)
1/2 ސައިސަމުސާ އަސޭމިރުސް
1 ގިތެޔޮމިރުސް (ކޮށާފައި)
2 ފެހިތޮޅިމިރުސް (ފަޅިފަޅިކޮށްފައި)
1 ފިޔާ (ކޮށާފައި)
2 ލޮނުމެދު (ހަނިހަނިކޮށް ފަޅިފަޅިކޮށްފައި)
1/2 އިންޗީގެ އިނގުރުކޮޅެއް (ގާނާފައި)
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ހަނޑޫ ދޮވެ، ހަނޑޫމަތިން ގާތްގަނޑަކަށް 1 އިންޗި ފެން ހުންނަވަރަށް ފެން އަޅައިގެން ކައްކަން އުދާލާށެވެ.
އަސޭމިރުސް، ކާފޫރުތޮޅި، ފޮނިތޮށި އަދި ރާނބާފަތް އަޅާލާށެވެ.
ހަނޑޫ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ކެކުނީމާ، ބާކީ ހުރި ހުރިހާ ބާވަތެއް އަޅާލާށެވެ.
ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ.