ރޯމަހުރިހަ
ކިއުބްސްގޮތަށް ކޮށާފައިވާ ރޯމަސް ހަވާދު، ރާނބާފަތް އަދި ހިކަނދިފަތާއެކު ކައްކައި، ބޯކިރު އަޅައިގެން ހަދާ ރިހައެކެވެ.
ރޯމަހުރިހައަކީ ކިއުބްސްގޮތަށް ކޮށާފައިވާ ރޯމަސް ހަވާދު، ރާނބާފަތް އަދި ހިކަނދިފަތާއެކު ކައްކައި، ބޯކިރު އަޅައިގެން ނިންމާ މީރު ރިހައެކެވެ.
ބޭނުންވާ ތަކެތި
2 ގަނޑު ރޯމަސް (ކިއުބްސްގޮތަށް ކޮށާފައި)
2 ފިޔާ (ހިމުންކޮށް ކޮށާފައި)
4 ލޮނުމެދު (ގާނާފައި)
1 މޭޒުމަތީ ސަމުސާ އިނގުރު (ޗިސްކޮށްފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
1/2 ޖޯޑު ކަރީ ޕައުޑަރ ނުވަތަ ހަނާކުރި ހަވާދު (ފުނޑާފައި)
5 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިބުރިކޮށްފައި)
1 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް
3 ހިކަނދިފަތް
1 ޖޯޑު ބޯކިރު
1 ސައިސަމުސާ މުގުރިދިރި
1 ސައިސަމުސާ މުގުރި ފޮނިތޮށި އަދި ކާފޫރުތޮޅި
1 ސައިސަމުސާ މަސްޓަރޑް ކްރީމް
3 ޖޯޑު ފެން
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުނުމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ހޫނުވުމުން ފިޔާ، މިރުސް، ހިކަނދިފަތް އަދި ރާނބާފަތް އެއްކޮށް އަޅާށެވެ.
ފިޔާ ވަޅޯވަންދެން ދޭފަތުން ހަލަމުން ގެންދާށެވެ.
ފިޔާ މޯޅިވުމުން މަސް، ލޮނު، އިނގުރު އަދި ލޮނުމެދު އެއްކޮށް އަޅާށެވެ.
މަޑުގިނީގައި މަހުގެ ކުލަ ބަދަލުވަންދެން ހަނާކުރާށެވެ.
ބޯކިރު ފިޔަވައި ބާކީ ހުރި ހުރިހާ ތަކެތި އެއްކޮށް އަޅާށެވެ.
ރޯފިލުމުން ބޯކިރު އެއްކޮށްލާށެވެ.
ކެކުމުން އުނދުން މަތިން ބާލާށެވެ.