ދަނޑިއަލުވި ބޯކިބާ
ދަނޑިއަލުވި، ގަބުޅި، ހަކުރު އަދި މާފެނުން ހަދާ ދަނޑިއަލުވި ބޯކިބާއެކެވެ.
ގާނާފައި ހުރި ދަނޑިއަލުވިއާއި ގަބުޅި އެއްކޮށްގެން ފިހާ މި ފޮނި ބޯކިބާއަކީ ހަވީރު ސައިއާއެކު ކާން ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި
2 ބޮޑު ދަނޑިއަލުވި
3 ބޮޑު ގަބުޅި
1/2 ނުވަތަ 1/3 ޖޯޑު ހަކުރު
2 ޖޯޑު މާފެން
2 މޭޒުމަތީ ސަމުސާ ފިނިފެން
ތައްޔާރުކުރާ ގޮތް
ގަބުޅި ގާނާފައި ފުޑާށެވެ.
ދަނޑިއަލުވި ރަނގަޅަށް ދޮވެފައި ކުރޮޅި ގާނާ އެއްޗަކުން ހިމުންކޮށް ގާނާށެވެ.
ހަކުރާއި ގަބުޅި އަދި ދަނޑިއަލުވި އެއްކޮށްލާށެވެ.
މާފެނާއި ފިނިފެން އަޅާށެވެ.
ރަނގަޅަށް އެއްކޮށްލާށެވެ.
ތެއްޔެއް ނުވަތަ ތަބަކެއްގައި ތެޔޮ ހާކާފައި އެއަށް އޮއްސާލާށެވެ.
ކޭކު ފިހާ އުނދުނެއްގައި ނުވަތަ މަތީގައި އަލިފާން ލައިގެން ފިހާށެވެ.