ކުކުޅު ސުރުވާ
ކުކުޅު، އިނގުރު، ލީކްސް، ކަނަމަދު އަދި ނޫޑްލްސްއާއެކު ހަދާ ކުކުޅު ސުރުވާއެކެވެ.
މިއީ އިނގުރާއި ލީކްސް އަދި ކަނަމަދާއެކު ކައްކައިގެން، ކައްކާފައި ހުރި ނޫޑްލްސްގެ މައްޗަށް އަޅައިގެން ހޫނުހޫނުކޮށް ކެވޭ މީރު ކުކުޅު ސުރުވާއެކެވެ.
ބޭނުންވާ ތަކެތި
1 ކިލޯ ކުކުޅު
2 ފޮތި އިނގުރު
2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
1 ބޮޑު ފިޔާ
3 ލީކްސް ފަތް
1 ބޮޑުމިރުސް
ކުޑަ ފުއްކޮޅެއް
6 ކަނަމަދު
ލޮނާއި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
2 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯ
1 ޕެކެޓް (200 ގްރާމް) ނޫޑްލްސް (ކައްކާފައި)
ތައްޔާރުކުރާ ގޮތް
ކުކުޅު ތެއްޔަކަށް ލާފައި 8 ޖޯޑު ފެން އަޅާށެވެ.
އިނގުރު ކުދިކޮށް ކޮށައިގެން އެއަށް އަޅާށެވެ.
ކުކުޅު މަސް މަޑުވަންދެން ކައްކާށެވެ.
ކުކުޅު ނަގާފައި މަސްތައް ދިގު ފޮތިފޮތިކޮށް ކޮށާށެވެ.
ދެން ކަށިތައް އަޅައިގެން، ފެން 3 ޖޯޑަށް ދަށްވަންދެން ކައްކާށެވެ.
ރަނގަޅަށް ފުރޭނާފައި އެއްކޮޅަކަށް ބަހައްޓާށެވެ.
އެހެން ތެއްޔެއްގައި ފިޔާ މަޑުވަންދެން އާވިން ކައްކާށެވެ.
ލީކްސް އަޅައިގެން އަނެއްކާވެސް ކައްކާށެވެ.
މީގެ ތެރެއަށް 2 ޖޯޑު ކުކުޅު ފެން އަޅައިގެން އިތުރަށް 5 މިނިޓް ކައްކާށެވެ.
ކޮށާފައި ހުރި ބޮޑުމިރުހާއި ޗިސްކޮށްފައި ހުރި ކަނަމަދު އަޅާށެވެ.
ސޯޔާ ސޯހާއި ފުއް، އަނެއް ޖޯޑު ކުކުޅު ފެނާއި ރަނގަޅަށް އެއްކޮށްފައި، އުނދުން މަތީގައި ހުރި ތެއްޔަށް އަޅާށެވެ.
އެންމެ ފަހުން ލޮނާއި އަސޭމިރުސް، އަޖިނަމޮޓޯ އަދި ކުކުޅު މަސް އަޅައިގެން 2 މިނިޓެއްހާއިރު ކައްކާށެވެ.
ކައްކާފައި ހުރި ނޫޑްލްސްގެ މައްޗަށް އަޅައިގެން ފަރިއްކުރާށެވެ.