ކުރަނޑިލީ ނޫޑްލްސް
ކައްކާފައިހުރި ނޫޑްލްސް ފެނުގައި ކައްކާފައިހުރި ކުކުޅު ކުރަނޑިއާއި އެކު ހަދާ ރެސިޕީއެވެ.
މިއީ ފެނުގައި ކައްކާފައިހުރި ކުކުޅު ކުރަނޑިއާއި ފިޔާއާއި ބިހާއި ގިތެޔޮ މިރުސް އެކުލައިގެން ހަދާ، ފަސޭހައިން ތައްޔާރުކުރެވޭ މީރު ނޫޑްލްސްއެކެވެ.
ބޭނުންވާ ތަކެތި
2 ޕެކެޓް ނޫޑްލްސް (ކައްކާފައިހުރި)
2 ޖޯޑު ކުކުޅު ކުރަނޑި (ކުދިކޮށް ކޮށާފައި ފެނުގައި ކައްކާފައިހުރި)
2 ފިޔާ (ހިމުންކޮށް ކޮށާފައި)
ގިތެޔޮ މިރުހުގެ 1 ފަޅި (ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
1/2 ސައިސަމުސާ އިނގުރު (ގާނާފައިހުރި)
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
2 ބިސް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވައެއް އުނދުން މައްޗަށް އުދާލާފައި ތެޔޮ ފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާއާއި މިރުސް އެއްކޮށް އަޅާށެވެ.
ފިޔާކޮޅު މޯޅިވީމާ ނޫޑްލްސް ފިޔަވައި ބާކީ ހުރިހާ ތަކެއްޗެއް އެއްކޮށް އަޅާށެވެ.
ރޯފިލުމުން ނޫޑްލްސްކޮޅު އަޅާފައި އެއްކޮށްލާށެވެ.