ނޫޑުލްސް ޗައުޗައު
ކުކުޅުމަސް، ބިސް އަދި ތަރުކާރީ އެކު ހަދާ ޗައުޗައު ނޫޑުލްސްގެ ރެސިޕީއެވެ.
ޗައުޗައު ނޫޑުލްސް އަކީ ކުކުޅުމަހާއި ބިހާއި ތަރުކާރީ އެކުލައިގެން ހަދާ، ފަސޭހައިން ތައްޔާރުކުރެވޭ މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި
2 ޕެކެޓް ނޫޑުލްސް
2 ބިސް
2 ފިޔާ (ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/2 ސައިސަމުސާ އަޖިނަމޮޓޯ
2 ފެހި ތޮޅިމިރުސް (ފަޅިފަޅިކޮށްފައި)
1 ޖޯޑު ބޯންލެސް ޗިކަން (ހިމުންކޮށް ކޮށާފައި)
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ހަކުރު
ކެރެޓްގެ 1 ބައި (ގާނާފައި)
2 ކެޕްސިކަމް (ހިމުންކޮށް ކޮށާފައި)
1/2 ޖޯޑު ލީކްސް (ހިމުންކޮށް ކޮށާފައި)
4 ތޮޅި ގްރީން ބީންސް (ހިމުންކޮށް ކޮށާފައި)
ތެޔޮ ފޮދެއް
ތައްޔާރުކުރާ ގޮތް
ފުރަތަމަ ތަވައެއް އުނދުން މައްޗަށް އުދާފައި ފެން އަޅާށެވެ.
ފެން ކެކުމުން ނޫޑުލްސް އަދި ނޫޑުލްސް ޕެކެޓުގެ އެތެރޭގައި ހުންނަ ތަކެތި އަޅާފައި، ނޫޑުލްސް ރޯފިލަންދެން ކައްކާށެވެ.
ދެން ފެން އޮއްސާލާފައި ނޫޑުލްސް ބަހައްޓާށެވެ.
އެއަށްފަހު ތަވައެއް އުނދުން މައްޗަށް އުދާފައި ތެޔޮ ފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާ، މިރުސް، ކެރެޓް، ބީންސް، ލީކްސް، ކެޕްސިކަމް އަދި ކުކުޅުމަސް އެއްކޮށް އަޅާށެވެ.
ރޯފިލަންދެން ދޭފަތުން ހަލަމުން ގެންދާށެވެ.
ރޯފިލުމުން ބާކީ ތަކެތި އެއްކޮށްފައި، ނޫޑުލްސްވެސް އަޅާ އެއްކޮށްލާށެވެ.