ބަނާނާ ފްރައިޑް ރައިސް
ގާނާފައިހުރި ރޯމާޅޮސްކެޔޮއާއި ކައްކާފައިހުރި ބްރައުން ރައިސް އެކުލެވިގެން ހަދާ ބަނާނާ ފްރައިޑް ރައިސް ރެސިޕީއެކެވެ.
މިއީ ގާނާފައިހުރި ރޯމާޅޮސްކެޔޮއާއި ބްރައުން ރައިސް، ފިޔާއާއި ފެހި މިރުސް އެކުލައިގެން ހަދާ، ކުޑަކޮށް ފޮނި ރަހައެއް ލިބޭ މީރު ބަތެކެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ގާނާފައިހުރި ރޯމާޅޮސްކެޔޮ
1 ޖޯޑު ކައްކާފައިހުރި ބްރައުން ރައިސް (ލޮނާއި ތެޔޮ ނުލާ ކައްކާފައިހުރި)
1 ފަޅި ފިޔާ (ހިމުންކޮށް ކޮށާފައި)
2 ހިކަނދިފަތް
2 ފެހި ތޮޅިމިރުސް (ހަނިކޮށް ފަޅިފަޅިކޮށްފައި)
1/4 ސައިސަމުސާ މުގުރި އަސޭމިރުސް
1 ލޮނުމެދު (ގާނާފައި)
ކުޑަ ލޮނުކޮޅެއް
ކުޑަ ޒައިތޫނި ތެޔޮ ފޮދެއް
ތައްޔާރުކުރާ ގޮތް
ތަވައެއް އުނދުން މައްޗަށް އުދާފައި ތެޔޮ ފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާ، ކެޔޮ އަދި މިރުސް އެއްކޮށް އަޅާށެވެ.
ކެޔޮކޮޅު ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ.
ރޯފިލުމުން ބާކީ ހުރިހާ ތަކެއްޗެއް އެއްކޮށްލާށެވެ.
ރަހަ ހިފީމާ އުނދުން މަތިން ބާލާށެވެ.
ނޯޓް
ލައިޓް ސްޕައިސީ ބޭކްޑް ފިޝް ކޮޅަކާއި ލޭޑީސް ފިންގަރ ވިތް ޑާލް ކަރީ ކޮޅަކާއި އެކު ކެއުމަށް ދޫކުރާށެވެ.