ސީފުޑް ބިރިޔާނި
ބަތް، ޕްރޯންސް، މަސް، ކަޓްލް ފިޝް އަދި ހަވާދުން ހަދާ ސީފުޑް ބިރިޔާނިއެކެވެ.
ޕްރޯންސް، ވައިޓް ފިޝް އަދި ކަޓްލް ފިޝް، ވަސްމީރު ހަވާދާއި ރާނބާއާއި ހިކިމޭބިސްކަދުރާ އެކު ތައްޔާރުކުރާ މި ސީފުޑް ބިރިޔާނިއަކީ ގިނަ ބަޔަކަށް ބަހާލައިގެން ކެވޭނެ މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި
3 ޖޯޑު ބަތް
2 ހިކަނދިފަތް
1 ފިޔާ (ކޮށާފައި)
1/4 ފަޅި ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
3 ބިސް (ފެނުކައްކާފައި)
1 ސައިސަމުސާ އިނގުރު (ގާނާފައި)
5 ރާނބާފަތްކޮޅު (1/2 އިންޗިއަށް ބުރިބުރިކޮށްފައި)
1/2 ޖޯޑު ޕްރޯންސް
1/2 ޖޯޑު ވައިޓް ފިޝް (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ކަޓްލް ފިޝް (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ހިކިމޭބިސްކަދުރު (ހަނާކޮށްފައި)
1/2 ޖޯޑު ކަނަމަދު (ފަޅިކޮށްފައި)
1 ސައިސަމުސާ މުގުރި ދިރި
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ މުގުރި ފޮނިތޮށި އަދި ކާފޫރުތޮޅި
2 މޭޒުމަތީ ސަމުސާ ހަނާކުރި ހަވާދު
1 މޭޒުމަތީ ސަމުސާ ގިތެޔޮ
1/2 ޖޯޑު ހަނާކޮށްފައި ހުރި ފިޔާ
1/2 ސައިސަމުސާ އަޖިނަމޮޓޯ
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ގިތެޔޮކޮޅާއި ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.
ހޫނުވީމާ ފިޔާ، މިރުސް، ރާނބާ، ހިކަނދި، ހިކިމޭބިސްކަދުރު އަދި ކަނަމަދު އެއްކޮށް އަޅާލާށެވެ.
ކުޑަކޮށް ހަނާވީމާ ބަތާއި ތެލުލި ފިޔާއާއި ފެނުކެއްކި ބިސް ފިޔަވައި ބާކީ ތަކެތި ފަހަރަކު ބާވަތެއް އަޅާލާށެވެ.
ރޯފިލުމުން ބަތް އެއްކޮށްލާށެވެ.
ރަހަ ހިފުމުން އުނދުން މަތިން ބާލާފައި ތަށްޓަށް އަޅާށެވެ.
ހަނާކުރި ފިޔާ ބަތުގެ މައްޗަށް ވިއްސާލާށެވެ.
ބިސް ފަޅިފަޅިކޮށްފައި ބަތް ތަށި މަތީގައި އަތުރާލާފައި ސާރވް ކުރާށެވެ.