ފާރޮށި ބޯކިބާ
ފާރޮށި، ހަކުރު، ބިސް، މާފެން އަދި ކާށިކިރުން ހަދާ ފާރޮށި ބޯކިބާއެކެވެ.
ފާރޮށި މުގުރައި، ހަކުރާއި ބިހާއި ކާށިކިރާއެކު ފިހައިގެން ހަދާ މި ފޮނި ބޯކިބާއަކީ ފަސޭހައިން ހެދޭ މީރު ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި
30 ޖޯޑު ފާރޮށި
2 ޖޯޑު ހަކުރު
2 ބިސް
މާފެން، ފިނިފެން
1 ކާށިކިރު
ތައްޔާރުކުރާ ގޮތް
ފާރޮށި ހިމުންކޮށް މުގުރާށެވެ.
ބިހާއި ހަކުރާއި ފާރޮށި ރަނގަޅަށް އެއްކޮށްލާށެވެ.
މާފެން، ފިނިފެން (2 ސަމުސާ) އަދި ކިރު އަޅައިގެން ގިރާށެވެ.
އަތުގައި ގަނބާލާފައި ނަގާއިރު، އަތުގައި އެއްވެސް ގޮތަކަށް ފާރޮށީގެ އަސަރު ހުރެގެން ނުވާނެއެވެ.
ތެއްޔެއްގައި ނުވަތަ ކޭކު ފިހާ ތަބަކެއްގައި ރަނގަޅަށް ތެޔޮ ލާފައި ފުއްގަނޑު އެއަށް އަޅާށެވެ.
މަތީގައި އަލިފާން ލައިގެން ނުވަތަ ކަރަންޓު އުނދުނުގައި ފިހާށެވެ.
ނޯޓް
ކުޑަކޮށް ވެނީލާ އެސެންސް (1 މަތިގަނޑު) އެޅުމުން ރަހަ ވަރަށް މީރުވާނެއެވެ.