ކޯންބީފް ވިތް ޓޮމާޓޯ ޕާސްޓާ
ކައްކާފައިހުރި ޕާސްޓާ ކޯންބީފްއާއި ކޮށާފައިހުރި ޓޮމާޓޯއާއި އެކު ހަދާ ރެސިޕީއެވެ.
މިއީ ދަޅެއް ކޯންބީފް، ޓޮމާޓޯ، ފިޔާ އަދި ރޯމިރުސް އަޅައި، އިނގުރާއި ލޮނުމެދާއި ބޭސިލްގެ ރަހަ ލައިގެން ހަދާ އަވަސް ޕާސްޓާއެކެވެ. ޕާސްޓާ ކައްކާފައި ހުރިނަމަ ވަރަށް އަވަހަށް ތައްޔާރުކުރެވޭނެއެވެ.
ބޭނުންވާ ތަކެތި
6 ޖޯޑު ކައްކާފައިވާ ޕާސްޓާ
3 ޓޮމާޓޯ (ކޮށާފައި)
1 ދަޅު ކޯންބީފް
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރާއި ލޮނުމެދު (ޗިސްކޮށްފައި)
1 ރޯމިރުސް (ހިމުންކޮށް ކޮށާފައި)
1/4 ސައިސަމުސާ ބޭސިލް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާ އަޅާށެވެ.
ފިޔާ މޯޅިވީމާ ޕާސްޓާ ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތެއް އެއްކޮށް އަޅާށެވެ.
ރޯފިލުމުން ޕާސްޓާ އަޅައި އެއްކޮށްލާށެވެ.