ޗިކަން ޕާސްޓާ
ކައްކާފައިހުރި ޕާސްޓާ ކުކުޅުމަސް، މަޝްރޫމް އަދި ޓޮމާޓޯއާއި އެކު ހަދާ ރެސިޕީއެވެ.
މިއީ ކުކުޅުމަސް، މަޝްރޫމް، ޓޮމާޓޯ އަދި ރެޑް ޕެޕަރ، އިނގުރާއި ލޮނުމެދާއި މިރުހުގެ ރަހަ ލައިގެން ކައްކާފައިވާ ޕާސްޓާއާއެކު ހަދާ ކެއުމެކެވެ. ފަސޭހައިން ހެދޭ، ކުލަ ރީތި ޕާސްޓާއެކެވެ.
ބޭނުންވާ ތަކެތި
5 ޖޯޑު ޕާސްޓާ (ކައްކާފައި)
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1 ޖޯޑު މަޝްރޫމް (ކޮށާފައި)
2 ޓޮމާޓޯ (ކޮށާފައި)
2 ޖޯޑު ކުކުޅުމަސް (ހިމުންކޮށް ކޮށާފައި)
1 ރެޑް ޕެޕަރ (ހަނިދިގަށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އިނގުރާއި ލޮނުމެދު (ގާނާފައި)
1/2 ސައިސަމުސާ މުގުރި މިރުސް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވީމާ ފިޔާއާއި ރެޑް ޕެޕަރ އަޅާށެވެ.
ފިޔާ މޯޅިވީމާ ޕާސްޓާ ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތެއް އެއްކޮށް އަޅާށެވެ.
ރޯފިލުމުން ޕާސްޓާ އަޅައި އެއްކޮށްލާށެވެ.