ވެޖްޓަބްލް ސޯސީ ފިޝް
މިއީ ރޯމަހާއި އަލަނާސިއާއި ސޯސްތަކުން ހަދާ ވެޖްޓަބްލް ސޯސީ ފިޝްގެ ރެސިޕީއެކެވެ.
ފޮނި އަދި ތޫނު ރަހައެއް ހުންނަ ސޯހެއްގައި ރޯމަހާއި އަލަނާސިއާއި ކުލަކުލައިގެ ބެލް ޕެޕަރ ތައްޔާރުކުރާ މި ކެއުމަކީ ބަތާއެކު ކެވޭނެ ފަސޭހަ މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި
2 ޓޮމާޓޯ (ބޮޑެތިކޮށް ކޮށާފައި)
1 ފަޅި ބެލް ޕެޕަރ (ގޮޅިގޮތަށް ބޮޑެތިކޮށް ކޮށާފައި)
2 ކެޕްސިކަމް (ކަރުނަގާ ކޮށާފައި)
1 ބޮޑު ފިޔާ (އަރިއަރިޔަށް ކޮށާފައި)
2 ލޮނުމެދު (ހަނިދިގަށް ކޮށާފައި)
2 ފޮތި އަލަނާސި (ކޮށާފައި)
1/2 ޖޯޑު ޗިލީ އެން ގާރލިކް ސޯސް
1/2 ޖޯޑު ޓޮމާޓޯ ސޯސް
2 ޖޯޑު ހުންނަހާ ރޯމަސް (1 އިންޗިއަށް ތުނިކޮށް ކޮށާފައި)
1/2 ސައިސަމުސާ އިނގުރު (ޗިސްކޮށްފައި ހުރި)
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ އަޖިނަމޮޓޯ
4 ފެހިމިރުސް (ހަނިކޮށް ފަޅިފަޅިކޮށްފައި)
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.
ތެޔޮފޮދު ހޫނުވީމާ ފިޔާ، ކެޕްސިކަމް، ބެލް ޕެޕަރ އަދި މިރުސް އަޅާށެވެ.
ފިޔާކޮޅު ކުޑަކޮށް މޯޅިވީމާ ސޯސްތައް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލާށެވެ.
ރޯފިލުމުން ސޯސްތައް އެއްކޮށްލާށެވެ.
ލޮނު ހެޔޮވަރުކޮށްފައި އުނދުން މަތިން ބާލާށެވެ.