Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހި ކާނާ

މަސް ކަވާބު

މަސް، ހަނޑޫ ނުވަތަ މުގު، މިރުސް، ލޮނުމެދު އަދި ފިޔާއިން ހަދާ މަސް ކަވާބެކެވެ.

A plate of grilled fish and seafood.
A plate of grilled fish and seafood. Photo: Marek Ślusarczyk (Tupungato) Photo portfolio / Wikimedia Commons, CC BY 3.0

މަހާއި ހުނި، ފިޔާ، މިރުސް، އިނގުރު އަދި ލުނބޯ އެއްކޮށްގެން ތެލުލާ މި ކަވާބަކީ ސައިއާއެކު ހޫނުހޫނުކޮށް ކާން މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި

  • 1/2 ލާހި ހަނޑޫ ނުވަތަ މުގު

  • 2 ދަޅުމަސް (ފެލިވަރު) ނުވަތަ 2 ގަނޑު ތެތްމަސް

  • 3 ގިތެޔޮ މިރުސް

  • 4 އިންޗި އިނގުރު ކޮޅެއް

  • 4 ލޮނުމެދު

  • ހިކަނދިފަތް، 2 ކޮޕީފަތް

  • 3 ލުނބޯ

  • 3 ފިޔާ

  • ތެޔޮ

  • 1/2 ކާށީގެ ހުނި

  • ލޮނު

ތައްޔާރުކުރާ ގޮތް

  1. ހަނޑޫ ނުވަތަ މުގު ދައިމަތީގައި ހިމުންކޮށްލާށެވެ.

  2. މަސްވެސް ރަނގަޅަށް ހިމުންކޮށްފައި ބަހައްޓާށެވެ.

  3. އިނގުރާއި ލޮނުމެދު ފިޔަވައި އެހެން ހުރިހާ އެއްޗެއް ކޮށާށެވެ.

  4. ލޮނުމެދާއި އިނގުރު ދައިމަތީގައި ޗިސްކުރާށެވެ.

  5. މަހާއި ހުނި ފިޔަވައި މި ހުރިހާ އެއްޗެއް، ފިޔާ މަޑުވަންދެން ރަނގަޅަށް މޮޑެލާށެވެ. ލުނބޯހުތާއި ލޮނު ލަން ހަނދާން ބަހައްޓާށެވެ.

  6. މަހާއި ހުނި އެއްކޮށް، ކުޑަކޮށް ރީނދޫ ލައިގެން މޮޑެލުމަށްފަހު ރަހަ ރަނގަޅުކުރާށެވެ.

  7. މުގު ނުވަތަ ހަނޑޫ ފުށް އަޅައިގެން މޮޑެލާށެވެ.

  8. އެންމެ ފަހުން ކޮޕީފަތް އަޅައި އެއްކޮށްލާށެވެ. ނަމަވެސް މިހެން ކުރުމަށްފަހު މޮޑުން ރަނގަޅެއް ނޫނެވެ.

  9. ކަވާބު ގޮތަށް ހަދައި ނިމުމުން ތެލުލާށެވެ.