Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހި ކާނާ

ކުކުޅު ބަޖިޔާ

ކުކުޅުމަސް، މިރުސް، އިނގުރު، ފުއް އަދި ބިހުން ހަދާ ކުކުޅު ބަޖިޔާއެކެވެ.

Fried chicken fritters.
Fried chicken fritters. Photo: Rajeeb Dutta / Wikimedia Commons, CC BY-SA 4.0

ބަޖިޔާއަކީ ދިވެހިރާއްޖޭގައި އެންމެން ލޯބިވާ ހެދިކާއެކެވެ. މި ބަޖިޔާގެ ތެރޭގައި ހުންނަނީ ކުކުޅުމަހާއި ފިޔާ، މިރުސް، އިނގުރު އަދި ލުނބޯ އެއްކޮށްގެން ހަދާ ވާރު ރަހައެއްގެ މަސްގަނޑެވެ.

ބޭނުންވާ ތަކެތި

  • 1 ކިލޯ ކުކުޅުމަސް

  • 8 ގިތެޔޮ މިރުސް

  • 6 ލުނބޯ

  • 150 ގްރާމް އިނގުރު

  • 1/2 ކިލޯ ފިޔާ

  • 6 ރޯމިރުސް

  • ލޮނު، ހިކަނދިފަތް

  • 1 މޭޒުމަތީ ސަމުސާ ހަވާދު (މަސާލާ)

  • 1/2 ސައިސަމުސާ ތެޅިމިރުސް

  • 1/2 ސައިސަމުސާ ރީނދޫ

  • ތެޔޮ

  • 6 ޖޯޑު ފުއް

  • 3 ބިސް / މާޖެރިން

ތައްޔާރުކުރާ ގޮތް

  1. ކޮށާ އެއްޗެހި ވަރަށް ތުނިކޮށް ކޮށާށެވެ.

  2. ފުށުގެ ބައި ފިޔަވައި، އެހެން ހުރިހާ އެއްޗެއް މޮޑެލާށެވެ.

  3. ނަމަވެސް ވަކިން ހިކަނދިފަތް ތެލުގައި މީރުކުރާށެވެ. (1/2 ޖޯޑު ގިތެޔޮ)

  4. ފިޔާ ރަތްވުމުން މޮޑެލާފައި ހުރި މަސްގަނޑު އަޅާށެވެ.

  5. 1 ސަމުސާ ހަކުރު އެޅުމުން ރަހަ އިތުރަށް މީރުވާނެއެވެ.

  6. ދެން މަސްގަނޑު ހިމޭންވާން ބަހައްޓާށެވެ.

  7. އެހެން ކާއެއްޗެހިއަށް ފުއް މޮޑާ ގޮތަށް ފުއް މޮޑެލާށެވެ.

  8. ރޮށި ދަމާ ގޮތަށް ދަމާފައި، ބަޖިޔާއަށް ކަފާ ގޮތަށް ކަފާށެވެ.

  9. ސިއްހަތަށް ސަމާލުވާ މީހުންނަށް ފިހެގެންވެސް ކެވިދާނެއެވެ. ނޫނީ ތެލުލާށެވެ.

ނޯޓް

  • ބަޖިޔާ ހެދޭނީ ހަމައެކަނި ކުކުޅުމަހުން ނޫނެވެ. މަސް، ގެރިމަސް، ދަޅުމަސް ނުވަތަ ފިޔާއިންވެސް ހެދިދާނެއެވެ.