Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހި ކާނާ

ޗިލީ ޕޭސްޓް

މިއީ ހިކިމިރުހާއި ހަރުހިކިމަހުން ހަދާ ޗިލީ ޕޭސްޓްގެ ރެސިޕީއެކެވެ.

A bowl of chilli paste.
A bowl of chilli paste. Photo: Windi Utari / Wikimedia Commons, CC BY-SA 4.0

ހިކިމިރުހާއި ހަރުހިކިމަސް، ފިޔާ، ލޮނުމެދު، ސޯޔާ ސޯހާއި ހަކުރުކޮޅާއެކު ހަދާ މި ޗިލީ ޕޭސްޓް ގިނަ ދުވަސްވަންދެން ބެހެއްޓޭތީ، ކެއުމަކަށް ރަހަ އިތުރުކޮށްލަން އަބަދުވެސް ތައްޔާރަށް ހުންނާނެއެވެ.

ބޭނުންވާ ތަކެތި

  • 300 ގ. ހިކިމިރުސް (ރާޅުކޮށް ތަޅާފައި)

  • 100 ގ. ފިޔާ (ހިމުންކޮށް ކޮށާފައި)

  • 25 ގ. ލޮނުމެދު (ކުދިކުދިކޮށް ކޮށާފައި)

  • 1 ޖޯޑު މަސް (ހިމުންކޮށް މުގުރާފައި ހުރި ހަރުހިކިމަސް)

  • 1/2 ޖޯޑު ސޯޔާ ސޯސް

  • 1/3 ޖޯޑު ހުންނަހާ ހަކުރު

  • ލޮނުކޮޅެއް

  • ތެޔޮފޮދެއް

ތައްޔާރުކުރާ ގޮތް

  1. ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާށެވެ.

  2. ހޫނުވީމާ ފިޔާކޮޅާއި ލޮނުމެދު އަޅާށެވެ.

  3. ފިޔާކޮޅު ރަތްވީމާ މިރުހާއި ލޮނު އަޅާށެވެ.

  4. ރަނގަޅަށް ހަނާވީމާ ސޯޔާ ސޯހާއި ހަކުރުކޮޅު އަޅާށެވެ.

  5. މަޑުގިނީގައި ރަނގަޅަށް ހަނާކުރާށެވެ.

ނޯޓް

  • މި ޕޭސްޓް ހަދަނީ ތަންކޮޅެއް ގިނައިން ތެޔޮ ބޭނުންކޮށްގެންނެވެ. އެއީ ގިނަ ދުވަސްވަންދެން ބަހައްޓާ އެއްޗަކަށް ވާތީއެވެ.