ހަވާދުލީ ބަތް
ބާސްމަތީ ބަތް ހިކި މަޝްރޫމް، ލީކްސް، ބޭބީ ކޯން، ކިއުކަމްބަރ، ފެހި އޮށް އަދި ސޯޔާ ސޯހާއެކު ތެލުލައިގެން ހަދާ ބަތެކެވެ.
ހަވާދުލީ ބަތަކީ ބާސްމަތީ ބަތް މަޝްރޫމް، ލީކްސް، ބޮޑުމިރުސް، ބޭބީ ކޯން، ކިއުކަމްބަރ އަދި ފެހި އޮށާއެކު ތެލުލައި، ސޯޔާ ސޯސް އަޅައިގެން ހަދާ ކުލަގަދަ ބަތެކެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ބާސްމަތީ ހަނޑޫ
4 ހިކި މަޝްރޫމް (ބޭނުންނަމަ)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 ސައިސަމުސާ އޮލިވް އޮއިލް
1 ލޮނުމެދު (ޗިސްކޮށްފައި)
1/2 ސައިސަމުސާ ރޯ އިނގުރު (ޗިސްކޮށްފައި)
1 ލީކްސް (ކޮށާފައި)
1 ކުޑަ ރަތް ބޮޑުމިރުސް (ކުދިކޮށް ކޮށާފައި)
1 ދަޅު ބޭބީ ޒުވާރި (ބޭބީ ކޯން)
1/4 ކިއުކަމްބަރ (ކޮށާފައި)
100 ގްރާމް ފެހި އޮށް
1 ސައިސަމުސާ ސޯޔާ ސޯސް ނުވަތަ އޮއިސްޓަރ ސޯސް
ތައްޔާރުކުރާ ގޮތް
ކެކިކެކި ހުރި ފެނަށް މަޝްރޫމް އަޅައި މަތިޖަހާފައި 20 މިނެޓް ވަންދެން ބަހައްޓާށެވެ.
އެއަށްފަހު ފެން އުކާލާފައި ތަނޑުތައް ބުރިކޮށް މަޝްރޫމް ކޮށާލާށެވެ.
ހަނޑޫ 12 މިނެޓް ކައްކާފައި ފެން އޮއްސާލާށެވެ.
ފެހި އޮށްވެސް ކެކިކެކި ހުރި ފެނަށް އަޅައި 3 މިނެޓް ފަހުން ބާލާފައި ފެން އުކާލާށެވެ.
2 ވައްތަރުގެ ތެޔޮ އެއްކޮށް ތަވައެއްގައި ހޫނުކުރާށެވެ.
ދެން އިނގުރު، ލޮނުމެދު، ލީކްސް އަދި ބޮޑުމިރުސް އަޅައި އެއްކޮށްލާށެވެ.
1 މިނެޓަށް ތެލުލުމަށްފަހު މަޝްރޫމް، ކިއުކަމްބަރ، ފެހި އޮށް އަދި ބޭބީ ކޯން ތަވައަށް އަޅާށެވެ.
2 މިނެޓަށްފަހު ސޯޔާ ސޯސް އަޅާފައި، ދެން ބަތްވެސް އަޅައި އެއްކޮށްލާށެވެ.