މަސް ކަވާބު
މަސް، ހަނޑޫ ނުވަތަ މުގު، މިރުސް، ލޮނުމެދު އަދި ފިޔާއިން ހަދާ މަސް ކަވާބެކެވެ.
މަހާއި ހުނި، ފިޔާ، މިރުސް، އިނގުރު އަދި ލުނބޯ އެއްކޮށްގެން ތެލުލާ މި ކަވާބަކީ ސައިއާއެކު ހޫނުހޫނުކޮށް ކާން މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި
1/2 ލާހި ހަނޑޫ ނުވަތަ މުގު
2 ދަޅުމަސް (ފެލިވަރު) ނުވަތަ 2 ގަނޑު ތެތްމަސް
3 ގިތެޔޮ މިރުސް
4 އިންޗި އިނގުރު ކޮޅެއް
4 ލޮނުމެދު
ހިކަނދިފަތް، 2 ކޮޕީފަތް
3 ލުނބޯ
3 ފިޔާ
ތެޔޮ
1/2 ކާށީގެ ހުނި
ލޮނު
ތައްޔާރުކުރާ ގޮތް
ހަނޑޫ ނުވަތަ މުގު ދައިމަތީގައި ހިމުންކޮށްލާށެވެ.
މަސްވެސް ރަނގަޅަށް ހިމުންކޮށްފައި ބަހައްޓާށެވެ.
އިނގުރާއި ލޮނުމެދު ފިޔަވައި އެހެން ހުރިހާ އެއްޗެއް ކޮށާށެވެ.
ލޮނުމެދާއި އިނގުރު ދައިމަތީގައި ޗިސްކުރާށެވެ.
މަހާއި ހުނި ފިޔަވައި މި ހުރިހާ އެއްޗެއް، ފިޔާ މަޑުވަންދެން ރަނގަޅަށް މޮޑެލާށެވެ. ލުނބޯހުތާއި ލޮނު ލަން ހަނދާން ބަހައްޓާށެވެ.
މަހާއި ހުނި އެއްކޮށް، ކުޑަކޮށް ރީނދޫ ލައިގެން މޮޑެލުމަށްފަހު ރަހަ ރަނގަޅުކުރާށެވެ.
މުގު ނުވަތަ ހަނޑޫ ފުށް އަޅައިގެން މޮޑެލާށެވެ.
އެންމެ ފަހުން ކޮޕީފަތް އަޅައި އެއްކޮށްލާށެވެ. ނަމަވެސް މިހެން ކުރުމަށްފަހު މޮޑުން ރަނގަޅެއް ނޫނެވެ.
ކަވާބު ގޮތަށް ހަދައި ނިމުމުން ތެލުލާށެވެ.