ހިކިމިރުހުލީ ބޯވަ
ފެނުކައްކާފައިވާ ބޯވަމަސް ހިކިމިރުސް، ފިޔާ، ރީނދޫ އަދި ލޮނުކޮޅަކާއެކު ކައްކައިގެން ހަދާ ބާވަތެކެވެ.
ހިކިމިރުހުލީ ބޯވައަކީ ފެނުކައްކާފައިވާ ބޯވަމަސް ފިޔާ، ހިކިމިރުސް އަދި ރީނދޫއާއެކު ކައްކައިގެން ހަދާ ފަސޭހަ ބާވަތެކެވެ. މިއީ އެއް ތަވައެއްގައި ތައްޔާރުކުރެވޭ ބާވަތެކެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ފެނުކައްކާފައި ކޮށާފައިވާ ބޯވަމަސް
4 ހިކިމިރުސް (ކޮށާފައި)
2 ފިޔާ (ހިމުންކޮށް ކޮށާފައި)
1/3 ސައިސަމުސާ ރީނދޫ
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުނުމައްޗަށް އުދާލާފައި ތެޔޮފޮދެއް އަޅާށެވެ.
ތެޔޮ ހޫނުވުމުން ފިޔާ އަޅާށެވެ.
ފިޔާ މޯޅިވުމުން ބާކީ ހުރި ހުރިހާ ތަކެތި އެއްކޮށް އަޅާށެވެ.
ހަނާވުމުން އުނދުން މަތިން ބާލާށެވެ.