އީގަލްސްއަށް މި ސީޒަނުގެ ފުރަތަމަ ބަލި، ނިއު ރޭޑިއަންޓުން 7-1 އިން މޮޅުވެއްޖެ
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ބަލިނުވެ ކުރިއަށް ދިޔަ ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެވަނަ ހިސާބަށް އަރައިފިއެވެ.
Fast, works offline, no app store needed.
Stories by Mohamed Hussain for Maldives Now.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ބަލިނުވެ ކުރިއަށް ދިޔަ ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެވަނަ ހިސާބަށް އަރައިފިއެވެ.
މަޖިލިސް ރައީސާއި ވަޒީރުންނާއި ރަށު ކައުންސިލަރުންގެ މުސާރައާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އެމްޑީޕީގެ 12 މެންބަރުން ބުނެފިއެވެ.
7,225 މީހުން ސޮއިކުރި، މަޖިލިސް މެންބަރުންގެ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލާ ޕެޓިޝަނާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ ޖަވާބު ހޯދުމަށް ފޮނުވާފައިވާކަން މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލުން ފެނެއެވެ.
މުރަކަ ފަރުތަކާ ބެހޭގޮތުން އައި.ޔޫ.ސީ.އެން އިން ހެދި ފުރަތަމަ ގްލޯބަލް ދިރާސާގައި، ރާއްޖޭގެ ތިން ސަރަހައްދު ހިމެނޭ ގޮތަށް 127 ފަރު ސަރަހައްދުގެ ތެރެއިން 122 ވަނީ އެންމެ މަތީ ނުރައްކާގެ ދަރަޖައަށް ކަނޑައަޅާފައެވެ.
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކަށް ނަޒަރު ބަހައްޓަމުންދާކަމަށާއި، ބޭނުންވާ ފިޔަވަޅުތައް އަޅާނެކަމަށް އިންޑިއާގެ ބޭރުގެ ކަންތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ދުވަސްވަރުގެ އުޅަނދުތަކާއި ސްމާޓް މަގުބައްތީގެ މޮޑެލްތަކަށް ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް ލިބިއްޖެއެވެ.
ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި އާދީއްތަ ދުވަހު ރޯވި އަލިފާން ކައިރީގައި ހުރި ގެތަކަށް ފެތުރުމުން ގެތަކަށް ގެއްލުން ލިބި، ގިނަ ބަޔަކަށް ފަރުވާ ދީފިއެވެ.
ކުދި ވިޔަފާރިތަކަށް 1 ނޮވެންބަރުން ފެށިގެން ބީއެމްއެލް މެދުވެރިކޮށް ބޭރުން ޑޮލަރު ބަލައިގަނެވޭނެ ކަމަށާއި، ޖީއެސްޓީ ތްރެޝްހޯލްޑް މަތިކޮށް، އައްޑޫ ސިޓީ އެސްއެމްއީ ޒޯނަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި 93 ސަރަހައްދެއް ހިމާޔަތްކުރާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ބާ އަތޮޅުގެ އެހިމަޑިތައް ކާން އަންނަ ސަރަހައްދުތަކުން ފެށިގެން ފުވައްމުލަކުގެ ފެމުނުމިޔަރުތައް އެއްވާ ތަންތަނާ ހަމައަށް ހިމެނެއެވެ. ހިމާޔަތްކުރެވިފައިވަނީ ކޮންތަކެއްތޯއާއި ކޮންތާކުތޯއާއި، ތަކުރާރުކޮށް ކަނޑަށް އަންނަ ހޫނުރާޅުތަކުން އެ ހިމާޔަތަށް އިމްތިޙާނެއް ކުރިމަތިކުރަމުންދަނީ ކީއްވެތޯ މި ލިޔުމުގައި ބަލާލާފައިވެއެވެ.
ހެލްތު މިނިސްޓަރު ޖީލާ ޢަލީ އެދިވަޑައިގަތުމުން ލަންކާއިން ފޯރުކޮށްދިން ބޭސް، 22 އޮކްޓޫބަރުގައި ކޮލަމްބޯގައި ދިވެހި ހައިކޮމިޝަނަރާ ހަވާލުކޮށްފިއެވެ.
އަޒަރބައިޖާނުގައި ފުރަތަމަ ފަހަރަށް ބާއްވާ ފީފާ އަންޑަރ 15 ވޯލްޑް ކަޕާއި ފެސްޓިވަލްގައި ދިވެހި ޓީމުގެ ފުރަތަމަ މެޗު ކުޅުނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. ގްރޫޕުގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޮވޯ ވެސް ހިމެނެއެވެ.
މަސްވެރިކަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، ބްލޫ އިކޮނޮމީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެ ޤައުމުގެ ބޭރުގެ ވުޒާރާތައް އޮކްޓޫބަރު 22 ގައި މަސްކަޓްގައި މަޝްވަރާކޮށްފިއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ހަތަރުވަނަ ބެޗު އެމްއެންޑީއެފުން އިފުތިތާޙުކޮށްފިއެވެ. 14 ހަފުތާގެ މި ޕްރޮގްރާމުގައި 125 ރަށެއްގެ 352 ޒުވާނުން ބައިވެރިވެއެވެ.
ރަސްމާލެއިން އަހަރަކު ގާތްގަނޑަކަށް 340 މިލިއަން ޑޮލަރުގެ ޓީޖީއެސްޓީ ދައުލަތަށް ލިބޭނެ ކަމަށާއި، ރިސޯޓު ވިޔަފާރިތަކަށް ރައްކާތެރިކަން ދޭނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިއަހަރު 15 އޮކްޓޯބަރާ ހަމައަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 1.73 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތަށްވުރެ 395.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ސ. މީދޫގައި އިންދާފައިވާ ހަތް ކޮފީ ގަހެއްގައި އޮށް ހެދިފައިވާކަމަށާއި، ކޮފީ ހެއްދުން ވިޔަފާރިއަކަށް ހަދަން ބޭނުންވާކަމަށް ދަނޑުވެރިޔާ ޢަބްދުއްލާ ރަމްޒީ ބުނެފިއެވެ.
ކާބޯތަކެތީގެ އަހަރީ އިންފްލޭޝަން ޖޫން މަހު 7.3 ޕަސެންޓަށް އަރާފައިވާއިރު، އޮގަސްޓް މަހު 5.7 ޕަސެންޓަށް ދަށްވެއްޖެއެވެ. ނަމަވެސް މާލޭގައި އޮގަސްޓް މަހު ރޭޓު މަދުން އަރާފައިވެއެވެ.
ރާއްޖޭގައި ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗުތައް ހުޅުވައި، ބިދޭސީ މަސައްކަތު މީހުންނަށް ފައިސާ ފޮނުވުން ފަސޭހަކޮށްދިނުމަށް އެހީތެރިވެދިނުމަށް ބަންގްލަދޭޝް ބޭންކުން އެމްއެމްއޭއަށް ސިޓީ ފޮނުވައިފިއެވެ.