Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

352 ޒުވާނުންނާއެކު ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނު މާފިލާފުށީގައި ފަށައިފި

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ހަތަރުވަނަ ބެޗު އެމްއެންޑީއެފުން އިފުތިތާޙުކޮށްފިއެވެ. 14 ހަފުތާގެ މި ޕްރޮގްރާމުގައި 125 ރަށެއްގެ 352 ޒުވާނުން ބައިވެރިވެއެވެ.

Senior MNDF officers and guests at the opening ceremony of the fourth batch of National Service Initial Training in Maafilaafushi on 24 October.
24 އޮކްޓޫބަރުގައި މާފިލާފުށީގައި ބޭއްވި، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ހަތަރުވަނަ ބެޗު އިފުތިތާޙުކުރުމުގެ ރަސްމިއްޔާގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި މެހުމާނުން ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަޠަނީ ޚިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމުގެ ހަތަރުވަނަ ބެޗު، 352 ޒުވާނުންގެ ބައިވެރިވުމާއެކު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، 24 އޮކްޓޫބަރުގެ ހެނދުނު ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ކަމަށެވެ. ރަސްމިއްޔާއަށް ޚާއްޞަ މެހުމާނެއްގެ ގޮތުގައި ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރ ޢަބްދުއްލާ ރާފިޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި، މި ބެޗުގައި ތިބީ ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެނުންނާއި 64 އަންހެނުންނެވެ. މި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކުރީ 13 އޮކްޓޫބަރުގައި ކަމަށާއި، ތަމްރީނު ކުރިއަށްދާނީ 14 ހަފުތާގެ މުއްދަތަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ތަމްރީނުގައި ހިމެނޭ ކަންކަން

މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތަޢުލީމާއި ލީޑަރޝިޕް އަދި ބަސްތަކުގެ ޤާބިލުކަން އުނގަންނައިދެވޭނެއެވެ. އަދި ހަށިހެޔޮކަމުގެ ތަމްރީނާއި، ޑިސިޕްލިން ބިނާކުރުމަށް ހެވިކަމުގެ ތަމްރީނު ވެސް ހިމެނެއެވެ.

މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސް ދަސްކޮށްދީ، ކޭމްޕް ޙަރަކާތްތައް ކުރިއަށްގެންދާނެއެވެ. އަސްކަރީ ތަމްރީނު ތަޢާރަފުކޮށްދިނުން ވެސް ޕްރޮގްރާމުގައި ހިމެނެއެވެ.

ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދެވޭނެއެވެ. ކޯހުގެ ހުރިހާ މިންގަނޑެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް "ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް" ދެވޭނެ ކަމަށާއި، ފަޔަރ ފައިޓިންގއާއި ފަސްޓް އެއިޑް މޮޑިއުލްތަކުން ފާސްވާ ދަރިވަރުންނަށް ވަކިން ސެޓްފިކެޓް ދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް

އެމްއެންޑީއެފުން ބުނީ، މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ހަށިހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެގުމުގައި ފެށި ސިޔާސަތެއް ކަމަށާއި، އެއީ އެމަނިކުފާނުގެ އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި އިންސާނުން ބިނާކުރުމުގެ ސިޔާސަތުގެ މުހިންމު ތަނބެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ރަސްމިއްޔާތުގައި މުދައްރިބުން ވަޢުދުވެ، ކެޑެޓުން އިޤްރާރުވި ކަމަށެވެ.