ޓޫނާ ރޯލް
މިއީ ހޮޓްޑޯގް ބަނަހަށް މަސްގަނޑު ލާ ޓޫނާ ރޯލްގެ ރެސިޕީއެކެވެ.
ފިޔާއާއި ޓޮމާޓޯއާއި ގިތެޔޮ މިރުހާއެކު ހަނާކުރާ ދަޅުމަހުގެ މަސްގަނޑު ހޮޓްޑޯގް ބަނަހުގައި ލައިގެން ހަދާ މި ޓޫނާ ރޯލަކީ ހެނދުނު ނުވަތަ ހަވީރު ސައިބޯ ވަގުތަށާއި ޕާޓީތަކަށް ފަސޭހަ ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި
12 ދިގު ބަނަސް (ހޮޓްޑޯގް ބަނަސް)
1 ފިޔާ (ހިމުންކޮށް ކޮށާފައި)
1 ޓޮމާޓޯ (ވަރަށް ހިމުންކޮށް ކޮށާފައި)
1 ސައިސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް
1 މަސްދަޅު (ތެޔޮ ފެލާލާފައި)
2 ކެޕްސިކަމް (ކަރުނަގާ ކުދިކޮށް ކޮށާފައި)
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1/3 ސައިސަމުސާ އަޖިނަމޮޓޯ
ކުލަ ހިފާވަރަށް ޓޮމާޓޯ ސޯސް
ތެޔޮފޮދެއް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ތެޔޮފޮދު ހޫނުވީމާ ފިޔާ، ކެޕްސިކަމް އަދި މިރުސް އަޅާށެވެ.
ކުޑަކޮށް މޯޅިވީމާ ބަނަސް ފިޔަވައި ބާކީ ހުރިހާ ބާވަތެއް އަޅާށެވެ.
މަސްގަނޑު ހަނާވީމާ ބަނަސް މުޅިން ވަކި ނުވާވަރަށް މެދުން ފަޅާލާށެވެ.
މަސްގަނޑު ބަނަހުގެ ދިގަށް އަޅާލާށެވެ.