ގެރިމަހު ރޯލްސް
ގެރިމަސް، މިރުސް، ފޮޅި އަދި ފާރޮށިއިން ހަދާ ގެރިމަހު ރޯލްސްއެކެވެ.
ތެލުލާފައި ހުރި ގެރިމަސް ތުނި ފެންފޮޅީގައި އޮޅައި، ބިހާއި ފާރޮށީގައި އޮބާލައިގެން ހަދާ މި ރޯލްސްއަކީ ސައިއާއެކު ކާން ލޯބިވާ ހެދިކާއެކެވެ.
ބޭނުންވާ ތަކެތި
1 ކިލޯ ހިމުން ގެރިމަސް
4 ބޮޑު މިރުސް
2 ޓޮމާޓޯ
1 ގިތެޔޮ މިރުސް
4 ހިކިމިރުސް
3 ލުނބޯ
ލޮނު
4 އިންޗި އިނގުރު
6 ލޮނުމެދު
3 ފިޔާ
1 ސައިސަމުސާ މުގުރި އަސޭމިރުސް
4 ރޯމިރުސް
ހިކަނދިފަތް
މުގުރި ފާރޮށި
5 ޖޯޑު ފުއް
3 ބިސް
ކާށިކިރު
ތެޔޮ
1/2 ސަމުސާ ހަވާދު
ތައްޔާރުކުރާ ގޮތް
ފުއް ތެރެއަށް ބިސް އެއްކޮށްފައި ކާށިކިރު އަޅައިގެން، ފޮޅިއަށް ބޭނުންވާ އޮލަމިނަށް ގިރާށެވެ.
ތުނިތުނިކޮށް ފެންފޮޅި ފިހެފައި ބަހައްޓާށެވެ.
އިނގުރާއި ލޮނުމެދު ޗިސްކޮށް، ކޮށަންޖެހޭ ހުރިހާ އެއްޗެއް ކޮށާށެވެ.
ބޮޑުމިރުހާއި ރޯމިރުސް ކޮށާނީ ދިގަށް، އޮށް ނަގާފައެވެ.
މިރުސް ކޮށާނީ ކުދިކުދިކޮށެވެ.
ހުރިހާ އެއްޗެއް ތައްޔާރުވުމުން ފިޔާ، ހިކަނދިފަތް އަދި ރާނބާފަތް ތެޔޮ ކޮޅެއްގައި މީރުކުރާށެވެ.
ފިޔާ ރަތްވުމުން ޓޮމާޓޯ، ހުރިހާ މިރުސްތަކާއި ހަވާދު އަޅައިގެން 2 މިނިޓް ކައްކާށެވެ.
ދެން ގެރިމަސް އަޅައިގެން ރަނގަޅަށް ރޯފިލަންދެން ހަލާށެވެ.
ލޮނާއި ބައި ސަމުސާ ހަކުރު އަޅައި އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.
ލުނބޯހުތް ޖައްސައި ރަހަ އެއްވަރުކުރާށެވެ.
ކޮންމެ ފޮޅިއެއްގެ ތެރެއަށް މި މަސް އަޅައި ކީމިޔާ ނުވަތަ ރޯލްސް ގޮތަށް ހަދާށެވެ.
އަނެއް 2 ބިސް ބީޓްކޮށް، ރޯލްސްތަކުގައި ބިސް ހާކައި ފާރޮށި ލާށެވެ.