ރަސްމާލެ ހިއްކުމަށް 330 މިލިއަން ޑޮލަރު ހޭދަވާނެ: ވަޒީރު
ރަސްމާލޭގެ މުޅި 1,009 ހެކްޓަރު ހިއްކުމަށް ހޭދަވާނީ ގާތްގަނޑަކަށް 330 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މިއީ ކުރިން އަންދާޒާކުރި 500 އާއި 700 މިލިއަން ޑޮލަރާ އަޅާބަލާއިރު ކުޑަ އަދަދެއް ކަމަށް ޑރ. ޢަބްދުއްލާ މުއްތަލިބު "އަހާ" އާންމު ފޯރަމްގައި ވިދާޅުވެއްޖެއެވެ.