Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

އެލައިޑް ހެލްތު ދާއިރާތަކުން 955 ސްކޮލަޝިޕަށް ހުޅުވާލައިފި

ސިއްހީ 51 ދާއިރާއަކުން 955 ސްކޮލަޝިޕްގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕްތަކަކީ ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ފެންވަރަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކިޔެވޭ ކޯސްތަކެކެވެ.

Indira Gandhi Memorial Hospital in Malé. The scholarships cover 51 allied health fields.
Indira Gandhi Memorial Hospital in Malé. The scholarships cover 51 allied health fields.
އެލައިޑް ހެލްތު ޕްރޮފެޝަނަލް ސްކޮލަޝިޕް ސްކީމްގެ ދަށުން، 51 ދާއިރާއަކުން 955 ފުރުސަތަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕްތައް ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ކައުންސެލިން، ސައިކޮލޮޖީ، ފާމަސީ އަދި އޮޕްޓޯމެޓްރީ ހިމެނެއެވެ. ކޯސްތައް ކުރިއަށް ގެންދަނީ މާސްޓާސް، ޑިގްރީ އަދި ޑިޕްލޮމާ ފެންވަރަށެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ކިޔެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސްކޮލަޝިޕަށް އެދެން ޖެހެނީ މިނިސްޓްރީގެ ޕޯޓަލް kuri.gov.mv މެދުވެރިކޮށެވެ. ފުރުސަތު ބަންދުވާނީ ޑިސެމްބަރު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައެވެ. މި ސްކީމް ފެށީ، ފާއިތުވި އަހަރު އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އަދި ގައުމީ ޔުނިވާސިޓީ ގުޅިގެން ހުށަހެޅި ހުށަހެޅުމެއްގެ ދަށުންނެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެލައިޑް ހެލްތުގެ 1,500 މީހުން ތަމްރީނުކުރުމަށާއި، އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކަށް އިސްކަންދިނުމަށެވެ.