ފިޝަރީޒް މިނިސްޓްރީން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 14 ސްކޮލަރޝިޕް ހުޅުވާލައިފި
މަސްވެރިކަމާއި މެރިކަލްޗަރާއި މެރިން ރިސާޗްގެ ދާއިރާއިން ބެޗެލަރސް އަދި މާސްޓަރސް ކިޔެވުމަށް 14 ފުރުޞަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ. ކުރިމަތިލެވޭނީ 15 ނޮވެމްބަރާ ހަމައަށެވެ.