Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ފަތުރުވެރިކަން

ގދ. އަތޮޅުގެ ތިންވަނަ ރިސޯޓު، ނިލާ ކޮރަލް އައިލޭންޑް ހުޅުވައިފި

ގދ. ކޮޑެގަލާގައި ތަރައްޤީކޮށްފައިވާ ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް ހުޅުވިކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާންކޮށްފި. މިއީ 7 ވިލާއާއެކު 40 މެހެމާނުންނަށް ޚިދުމަތްދޭ، ގދ. އަތޮޅުގެ ތިންވަނަ ރިސޯޓު.

Water bungalows at Thulhagiri Island Resort in Kaafu Atoll. File photo.
Water bungalows at Thulhagiri Island Resort in Kaafu Atoll. File photo.
ގދ. ކޮޑެގަލާގައި ތަރައްޤީކޮށްފައިވާ ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް ހުޅުވާފައިވާ ކަމަށް ފަތުރުވެރިކަމާއި އޭވިއޭޝަނާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު އިއުލާންކޮށްފިއެވެ. މިއީ ގދ. އަތޮޅުގެ ތިންވަނަ ރިސޯޓެވެ. ވުޒާރާއިން ބުނީ މި ރިސޯޓު ހުޅުވުމުން ގދ. އަތޮޅުގެ ރައްޔިތުންނަށް ރަށާ ކައިރިން ވަޒީފާގެ ފުރުސަތާއި ވިޔަފާރީގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު "ވިޒިޓް މޯލްޑިވްސް އިޔާ" ފާހަގަކުރާއިރު، ހުޅުވޭ ކޮންމެ ރިސޯޓަކުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނެސް، ފަތުރުވެރިކަމުގެ ނަފާ އިތުރު ރަށްރަށަށް ފޯރުކޮށްދޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. ނިލާ ކޮރަލް އައިލޭންޑަކީ މަތީ ފަންތީގެ ފަތުރުވެރިކަމަށް ހުޅުވާފައިވާ ރިސޯޓެކެވެ. އެއް ފަހަރާ 40 މެހެމާނުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ރިސޯޓުގައި، މޫދަށްވާ ގޮތަށް 7 ވިލާ ހުރެއެވެ. އެއީ 2 ކޮޓަރީގެ ވިލާއާއި، 3 ކޮޓަރީގެ ވިލާ އަދި އެންމެ މަތީ ފަންތީގެ 5 ކޮޓަރީގެ ވިލާއެވެ. ރިސޯޓަށް މިހާރު ބުކިން ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މި ރިސޯޓު އޮންނަނީ މާވަރުލު އެއާޕޯޓާ ގާތްގަނޑަކަށް 15 މިނެޓު ދުރުގައި ކަމަށް ރިސޯޓުން ބުނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ނޫހެއް ކަމަށްވާ ޓީޓީއެން ވޯލްޑްވައިޑުން ބުނާ ގޮތުގައި ނިލާ ކޮރަލް އައިލޭންޑަކީ އިޓަލީގެ ހޯލްޑިން ކަރިޒްމާ ގްރޫޕުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. ގދ. އަތޮޅުގައި ހިންގާ އަނެއް ދެ ރިސޯޓަކީ އަޔާޑާ މޯލްޑިވްސް އާއި އެންއެޗް ކަލެކްޝަން މޯލްޑިވްސް ހޮވޮއްޑާ ރިސޯޓެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު 180 ރިސޯޓެއްގައި 45،171 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މި އަހަރު މިހާތަނަށް ޒިޔާރަތްކުރި 1.6 މިލިއަން ފަތުރުވެރިންގެ ތެރެއިން 1.2 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.