Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އިޤްތިޞާދު

ހައުސިންގ މިނިސްޓްރީގެ މަޝްރޫޢުތައް ނިންމަން 58.8 ބިލިއަން ރުފިޔާ ބޭނުންވޭ

ހައުސިންގ ވުޒާރާގެ ދަށުން ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް 58.83 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، މިއަހަރުގެ ބަޖެޓުގައި ވަކި މަޝްރޫޢަކަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށް މިނިސްޓަރު ޑރ. ޢަބްދުއްލާ މުއްޠަލިބު މަޖިލީހަށް ބުނެފިއެވެ.

MPs at the sitting of parliament on 19 October 2026.
MPs at the sitting of parliament on 19 October 2026.

އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް ލަފާކުރެވޭ ގޮތުން 58.83 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް، މިނިސްޓަރު ޑރ. ޢަބްދުއްލާ މުއްޠަލިބު ރައްޔިތުންގެ މަޖިލީހަށް ބުނެފިއެވެ.

މި އަދަދު، އެބަހީ 58,831,473,267 ރުފިޔާ (ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރު)، މިނިސްޓަރު ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގައެވެ. ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް ބޭނުންވާ ފައިސާއާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަދަދު، މެންބަރު ސުވާލުގައި ސާފުކުރެއްވިއެވެ.

ވަކި މަޝްރޫޢަކަށް ވަކި އަދަދެއް ނެތް

2026 ވަނަ އަހަރުގެ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓެއް ކަމަށާއި، އެހެންކަމުން ވަކި މަޝްރޫޢަކަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދެނީ، އެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ރޭވުންތަކާ އެއްގޮތަށް މާލިއްޔަތު ވުޒާރާއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަސް އެއާޕޯޓް

އެ މެންބަރަށް ދެއްވި ދެވަނަ ޖަވާބެއްގައި މިނިސްޓަރު ވިދާޅުވީ، ޤައުމުގެ އެކި ސަރަހައްދުތަކުގައި ފަސް އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫޢުތަކަށް ލަފާކުރި އަދަދަށްވުރެ ގިނަ ފައިސާއެއް ބޭނުންނުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ލ. އިސްދޫ-ކަލައިދޫ އެއާޕޯޓުގެ މަޝްރޫޢު އަދި ކޮންޓްރެކްޓް ކޮށްފައި ނުވާ ކަމަށާއި، އޭގެ ބޭނުމަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.