Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ވިޔަފާރި

ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް 25،000ގެ ބޮޑު އިނާމެއް

ބޭންކް އޮފް މޯލްޑިވްސްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން 1 ޑިސެމްބަރާ ހަމައަށް ކުރިއަށްދާނެއެވެ. ސްވައިޕް މެދުވެރިކޮށް 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ފައިސާ ދައްކާ ފަރާތްތަކަށް، ހަފުތާއަކު 1،000 ރުފިޔާ ލިބުމުގެ ފުރުސަތު.

Bank of Maldives' Swipe. Spend. Win. promotion runs until 1 December 2026.
ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން 1 ޑިސެމްބަރު 2026 އާ ހަމައަށް ކުރިއަށްދާނެއެވެ. ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްވައިޕް ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، 25،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ހިމެނޭހެން، ފައިސާގެ އެތަށް އިނާމު ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކުން ބުނި ގޮތުގައި "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެމްބަރުން ފެށިގެން 1 ޑިސެމްބަރުގެ ނިޔަލަށެވެ.

ބައިވެރިވާނެ ގޮތް

  • ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ، އެއް ފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެންނެވެ.

  • ކޮންމެ ހަފުތާއަކު ފަސް ނަސީބުވެރިން ހޮވައި، ކޮންމެ މީހަކަށް 1،000 ރުފިޔާ ދެވޭނެއެވެ.

  • ޖުމްލަ 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

  • ހަފުތާގެ އިނާމު ލިބޭ ފަރާތްތަކަށް ވެސް ޕްރޮމޯޝަން ނިމުމުން، 25،000 ރުފިޔާގެ ބޮޑު އިނާމު ލިބޭ ބުރުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގެ އިތުރު ތަފުސީލު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ސްވައިޕްއާ ބެހޭގޮތުން

ސްވައިޕަކީ ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓެވެ.