Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ރިސޯޓް ޕަލްސް

އަނަނިއާ މަޑިވަރުން "އައިލެންޑް ކޮންސިއަރޖް" ޕްރޮގްރާމް ތަޢާރަފުކޮށްފި

އުތުރު އަރިއަތޮޅުގައި އޮންނަ އަނަނިއާ މަޑިވަރު މޯލްޑިވްސްއަށް ޒިޔާރަތްކުރާ ކޮންމެ މެހުމާނަކަށްވެސް، ރަސްމީ ބަޓްލަރެއްގެ ބަދަލުގައި ޚާއްޞަ ޕާސަނަލް "އައިލެންޑް ކޮންސިއަރޖް" އެއް 1 ނޮވެމްބަރު 2026 އިން ފެށިގެން ހަމަޖައްސައިދޭނެ ކަމަށް އެ ރިސޯޓުން ބުނެފިއެވެ.

Island Concierges at ananea Madivaru Maldives in North Ari Atoll, lined up on the resort jetty.
އުތުރު އަރިއަތޮޅު އަނަނެއާ މަޑިވަރު މޯލްޑިވްސްގެ ޖެޓީގައި ތިބި ރިސޯޓުގެ އައިލެންޑް ކޮންސިއަޖުން

އުތުރު އަރިއަތޮޅު އަނަނިއާ މަޑިވަރު މޯލްޑިވްސްއިން 1 ނޮވެމްބަރު 2026 އިން ފެށިގެން "އައިލެންޑް ކޮންސިއަރޖް" ޕްރޮގްރާމެއް ތަޢާރަފުކުރަމުންދާއިރު، މީގެ ސަބަބުން ކޮންމެ މެހުމާނަކަށްވެސް އެ ރަށުން ޚާއްޞަ ޒާތީ އެހީތެރިއަކު ލިބިގެންދާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ. ޖެނެރަލް މެނޭޖަރު ޕިއޭ އެޑްލަންޑް ވިދާޅުވީ، ރިސޯޓުން ބޭނުންވީ "އާދައިގެ ސަގާފީ ބަޓްލަރ ނުވަތަ ހޯސްޓް ކޮންސެޕްޓެއް" އުފެއްދުމަށް ނޫން ކަމަށެވެ.

ރިސޯޓުން މަޢުލޫމާތު ދޭ ގޮތުގައި، އައިލެންޑް ކޮންސިއަރޖް މެހުމާނުން އަންނަ ވަގުތު މަރުޙަބާ ކިޔުމާއި، ހެނދުނުގެ ނާސްތާ ގަޑީގައި ބައްދަލުކުރުމާއި، ދުވާލުގެ ޕްލޭންތަކާއި ތަޖުރިބާތަކުގައި އެހީތެރިވުމުގެ އިތުރުން މެހުމާނުން ފުރައިގެންދާއިރު ޚާއްޞަ އަލްވަދާޢެއް ކިޔުމަށް ހާޒިރުވާނެއެވެ. އަދި ކޮންމެ ކޮންސިއަރޖަކުވެސް މެހުމާނާ ގާތްގުޅުމެއް ބާއްވައި، އެމީހުންގެ އިސްކަންދޭ ކަންކަން ދަނެގަނެ، އެމީހުން ބޭނުންވާނެ ކަންކަން ދުރާލާ ދެނެގަންނާނެ ކަމަށް ރިސޯޓުން ބުނެއެވެ.

ޑެސްކެއްގެ ފަހަތުގައެއް ނޫން، ރަށު ތެރޭގައި

އައިލެންޑް ކޮންސިއަރޖުން އެމީހުންގެ ވަގުތު ހޭދަކުރާނީ އޮފީސް ޑެސްކެއްގެ ފަހަތުގައި ތިބުމުގެ ބަދަލުގައި، މެހުމާނުން އުޅޭ ސަރަޙައްދުތައް ކަމަށްވާ ގޮނޑުދޮށްތަކާއި، ޕޫލްތަކާއި، ރެސްޓޯރެންޓްތަކާއި، ބާރތަކުގެ އިތުރުން ހިނގާ މަގުތަކުގައި ކަމަށް ރިސޯޓުން ބުނެއެވެ. އަދި ފުރުޞަތު ލިބޭ ކޮންމެ ވަގުތަކު، މެހުމާނުން ރޭގަނޑުގެ ކެއުމަށާއި، ސްޕާ އެޕޮއިންޓްމަންޓްތަކަށް ނުވަތަ އެކި ޙަރަކާތްތަކަށް ގެންދިއުމަށް އެމީހުން އަމިއްލައަށް ބަގީ ދުއްވާނެއެވެ.

ރިސޯޓުން ބުނި ގޮތުގައި، ރެސްޓޯރެންޓްތައް ޚިޔާރުކުރުމަށާއި، ސްޕާ ފަރުވާތަކަށާއި، ވޯޓަރ ސްޕޯޓްސް، ދަތުރުތައް އަދި އެކިއެކި ޙަފުލާތައް ރޭވުމުގައި އެމީހުން އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، ރަށުގެ މީހުންނާއި، ދިވެހި ސަގާފަތާއި، ކަނޑުއަޑީގެ ދިރުންތަކުގެ ވާހަކަތަކުގެ އިތުރުން، ރިސޯޓުގައި މީރުފެނާއި ކަރަންޓު އުފައްދާ ގޮތާއި، ގޮނޑުދޮށްތަކާއި ވެށި ބަލަހައްޓާ ގޮތުގެ މަޢުލޫމާތުވެސް މެހުމާނުންނާ ހިއްސާކުރާނެއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މާ ޠަބީޢީ އަދި އިންސާނީ ގުޅުން ބޮޑު ގޮތެއް. ތިޔަބޭފުޅުންގެ އައިލެންޑް ކޮންސިއަރޖަކީ ތިޔަބޭފުޅުން ދަސްކޮށް، ގަޔާވާ ކަންކަން ހަނދާންބަހައްޓައި، ކަންކަން ހަމަޖައްސައިދިނުމުގައި ބޭކާރު ރަސްމީ އުސޫލުތަކެއް ނެތި އެހީތެރިވެދޭނެ މީހެއް،" އެޑްލަންޑް ވިދާޅުވިއެވެ. "އެކަމަކު އެންމެ ފަހު ނަތީޖާއަކީ، މި ރަށުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީވެސް މި ތަޖުރިބާގެ ބައެއް. އައިލެންޑް ކޮންސިއަރޖަކީ ތިޔަބޭފުޅުންގެ ޒާތީ ގުޅުމަކަށް ވެދާނެ، އެކަމަކު މުޅި ރަށް އެކީގައި ތިޔަބޭފުޅުންގެ ޚިދުމަތުގައި ދެމިތިބޭނެ."

ކޮންމެ މެހުމާނަކީވެސް އެންމެންގެ މެހުމާނެއް

ރިސޯޓުން ބުނި ގޮތުގައި މި އުސޫލު ހަމައެކަނި އައިލެންޑް ކޮންސިއަރޖް ޓީމަކުން ނިމޭކަށް ނެތެވެ. މެހުމާނަކާ ބައްދަލުވަނީ ޝެފަކާ ކަމަށްވިޔަސް، އިންޖިނިއަރަކާ، ބާރޓެންޑަރަކާ، ހައުސްކީޕަރަކާ، ވޯޓަރ ސްޕޯޓްސް މުވައްޒަފަކާ ނުވަތަ އިސް ވެރިޔަކާ ކަމަށްވިޔަސް، "ކޮންމެ މެހުމާނަކީވެސް އެންމެންގެ މެހުމާނެއް" ކަމަށް އެ ރިސޯޓުން ބުނެއެވެ.

އަނަނިއާ މަޑިވަރު ހުޅުވާފައިވަނީ ޖުލައި 2025 ގައި އުތުރު އަރިއަތޮޅުގައި ގުޅިފައިވާ ދެ ރަށެއްގެ ގޮތުގައެވެ. މި ރިސޯޓުގައި 111 ވިލާ، ކެއިންބުއިމުގެ ޚިދުމަތްދޭ ނުވަ ތަން، ޕްރައިވެޓް ލެގޫނެއް، ސްޕާއެއް އަދި ކިޑްސް ކްލަބެއް ހިމެނެއެވެ.

ގުޅޭ ޚަބަރު: ޝެފް ޖެސްޕަރ ކޮކް އަނބުރާ ވައްކަރަށް | ބަރޮސް އަށް ވޯޓަރ ވިލާ އެވޯޑު ދެވަނަ ފަހަރަށް