Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ސިޔާސީ

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 133.6 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރުގެ ބަޖެޓު ކަމަށް 133.59 މިލިއަން ރުފިޔާ، ދެކޮޅަށް ވޯޓެއް ނުލިބި މަޖިލީހުން ފާސްކޮށްފިއެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ.

The presiding officer in the chair at the sitting of parliament on 20 October 2026.
The presiding officer in the chair at the sitting of parliament on 20 October 2026.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރުގެ ބަޖެޓު ކަމަށް 133.59 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ އެ އޮފީހަށް މިއަހަރަށް ފާސްކުރި 134.29 މިލިއަން ރުފިޔާއަށްވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ.

ބަޖެޓާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު، އޮކްޓޫބަރު 20 ގައި މަޖިލީހުން ފާސްކުރީ 46 ވޯޓުންނެވެ. ދެކޮޅަށް ވޯޓެއް ނުލިބުނުއިރު، ވޯޓުނުދީ ހުރި މެންބަރެއްވެސް ނެތެވެ. ޖަލްސާގައި 68 މެންބަރުން ތިއްބެވިއެވެ.

ފައިސާ ހޭދަކުރާ ގޮތް

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ރިކަރަންޓް ޚަރަދު 4 ޕަސެންޓް ދަށްވެ 85.85 މިލިއަން ރުފިޔާއަށް ދާއިރު، ކެޕިޓަލް ޚަރަދު 7 ޕަސެންޓް އިތުރުވެ 47.74 މިލިއަން ރުފިޔާއަށް އަރައެވެ.

  • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް: 55.84 މިލިއަން ރުފިޔާ

  • ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްރޫޢުތައް: 43.5 މިލިއަން ރުފިޔާ

  • އިދާރާ ހިންގުމުގެ ޚަރަދު: 19.85 މިލިއަން ރުފިޔާ

  • ދަތުރުފަތުރު: 10.65 މިލިއަން ރުފިޔާ

  • ޕެންޝަނާއި ރިޓަޔަރމަންޓް ފައިދާ: 2.16 މިލިއަން ރުފިޔާ

  • އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް: 981,000 ރުފިޔާ

  • މުވައްޒަފުންގެ ތަމްރީނު: 611,211 ރުފިޔާ

ކެޕިޓަލް ޚަރަދުގެ ތެރެއިން، ސާމާނު ގަތުމަށް ކަނޑައަޅާފައިވާ އަދަދު 38 ޕަސެންޓް އިތުރުވެ 4.24 މިލިއަން ރުފިޔާއަށް އަރައެވެ.