Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އިޤްތިޞާދު

މެލޭޝިއާގެ ކުންފުންޏަކާއެކު 11 ރަށެއްގައި އައިސްޕްލާންޓް ޤާއިމުކުރަނީ

ދުވާލަކު 30 ޓަނުގެ އައިސް އުފައްދައި 50 ޓަނު ރައްކާކުރެވޭ ފެންވަރުގެ އައިސްޕްލާންޓް 11 ރަށެއްގައި ޤާއިމުކުރުމަށް، މަސްވެރިކަމުގެ ވުޒާރާއިން މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

State Minister Mohamed Muthalib signs the agreement for ice plants on 11 islands with Altus Oil and Gas Malaysia at Maagiri Hotel.
State Minister Mohamed Muthalib signs the agreement for ice plants on 11 islands with Altus Oil and Gas Malaysia at Maagiri Hotel.

ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަމާއި 50 ޓަނުގެ ސްޓޯރޭޖް ހުންނަ އައިސްޕްލާންޓް 11 ރަށެއްގައި ޤާއިމުކުރުމަށް، މަސްވެރިކަމުގެ ވުޒާރާއިން މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީއާއެކު ކުރި މި އެއްބަސްވުމުގައި، އޮކްޓޫބަރު 19 ގައި މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ކޮންމެ ރަށަކަށް ވަކިވަކިން، 30 ޓަނުގެ އައިސްޕްލާންޓާއެކު 50 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރިކަން އިޢުލާނުކޮށްފައެވެ.

11 ރަށް

  • ހއ. ދިއްދޫ

  • ހދ. ކުޅުދުއްފުށި

  • ށ. ކޮމަންޑޫ

  • ދ. ހުޅުދެލި

  • ކ. ގާފަރު

  • އއ. ރަސްދޫ

  • މ. މުލައް

  • ގއ. ނިލަންދޫ

  • ގއ. ވިލިނގިލި

  • ގއ. މާމެންދޫ

  • ގދ. ރަތަފަންދޫ

އެއްބަސްވުމުގައި ހިމެނޭ ކަންކަން

މި މަސައްކަތް ކުރިއަށް ގެންދާނީ ފަރުމާކުރުމާއި ބިނާކުރުމާއި ތަކެތި ފޯރުކޮށްދިނުމުގެ އުސޫލުން ކަމަށް ވުޒާރާއިން ބުންޏެވެ. ކުންފުނިން ޕްލާންޓްތައް ފަރުމާކޮށް، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކޮށް، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދޭނެއެވެ.

ޕްލާންޓްތަކުގައި ބޭނުންކުރާނީ ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ކަމަށާއި، އެއީ ރާއްޖޭގެ ކަނޑުގެ މާޙައުލާ ގުޅޭ ގޮތަށް ނިންމި ނިޒާމެއް ކަމަށް ވުޒާރާއިން ބުންޏެވެ.

އޭގެ އިތުރުން ޕްލާންޓްތައް ހަރުކޮށް، ޓެސްޓްކޮށް، އޮޕަރޭޝަނަށް ގެނައުމާއި، ތަކެތި ގެންދިއުމާއި، މަޝްރޫޢު މެނޭޖްކުރުމާއި، ޕްލާންޓްތައް ހަވާލުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ޒިންމާވެސް ކުންފުނީގެ މައްޗަށް އެޅިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.