Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އިޤްތިޞާދު

ހުޅުމާލެއިން 25,011 އަކަފޫޓުގެ ބިމެއް 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ގަނެފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮތް 25,011 އަކަފޫޓުގެ ބިމެއް، 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ގަނެފިއެވެ. އެ ބިން ބޭނުންކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.

Hulhumalé. The Finance Ministry has bought a 25,011 sq ft plot on the island from HDC for MVR 94.5 million.
Hulhumalé. The Finance Ministry has bought a 25,011 sq ft plot on the island from HDC for MVR 94.5 million.
ހުޅުމާލެއިން ބިމެއް 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން އެޗްޑީސީގެ އަތުން ގަނެފިއެވެ. އެ ފައިސާ މިހާރު ވަނީ އެއްކޮށް ދައްކައިފައެވެ. އެ ބިމުގެ ބޮޑުމިނަކީ 25,011 އަކަފޫޓެވެ. އޮތީ ހުޅުމާލޭ މަސް މާރުކޭޓު ހިމެނޭ ސަރަހައްދުގައެވެ. މި މުއާމަލާތް ރަޖިސްޓްރީކުރީ ސިވިލް ކޯޓު މެދުވެރިކޮށެވެ. ކޯޓުން ނިންމީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި އެ ބިން އެޗްޑީސީގެ މިލްކުވެރިކަމުން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ބިމެއް ސަރުކާރުން ނަގާނަމަ، އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހެއެވެ. މީގެ ކުރިން ވެސް އެގޮތަށް އެތައް ފަހަރަކު ބިން ބަދަލުކޮށްފައިވެއެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 69.7 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައެވެ. އެ ބިން ދޫކުރީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކަށެވެ. އަލަށް ގަތް ބިން މިނިސްޓްރީން ބޭނުންކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.