Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ތިމާވެށި

ބ. އަތޮޅުން ތ. އަތޮޅަށް ރީނދޫ އެލާޓު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 1:00 އާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ އެލާޓު ނެރެފިއެވެ. ރާއްޖޭގެ ބާކީ ބޮޑު ބަޔަކަށް ވަނީ ހުދު އެލާޓު ނެރެފައެވެ.

File photo: police ride through a flooded street in Malé during heavy rain on 31 December 2023.
File photo: police ride through a flooded street in Malé during heavy rain on 31 December 2023.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ އެލާޓު ނެރެފިއެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ. ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު އެލާޓު ނެރެފައިވަނީ ހެނދުނު 8:10 އިން މެންދުރުފަހު 2:00 އަށެވެ. އެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެއެވެ. މިއަދު ހެނދުނު ހުޅުލޭގައި މެދުމިނުގެ ވާރޭ ވެހެމުންދިޔައިރު، ފިނިހޫނުމިން ހުރީ 25.8 ޑިގްރީ ސެލްސިއަސްގައެވެ. ހުޅުލެއާއި ހަނިމާދޫއަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރާއިރު، ކައްދޫއަށް ކެރީގެ އަސަރުކުރާނެ ކަމަށާއި ކާޑެއްދޫއާއި ގަމުގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެއެވެ. މި ހަފުތާގެ ކުރީކޮޅު އެ އިދާރާއިން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށެވެ. އެންމެ ބޮޑަށް ވިއްސާރަކުރާނެ ކަމަށް ބެލެވެނީ މި ހަފުތާ ބަންދުގައެވެ. މި ދުވަސްވަރު ވިއްސާރަކުރި ނަމަވެސް ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާނެ ކަމަށް ލަފާކުރެއެވެ. ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވެއެވެ. އޮކްޓޯބަރު މަހުގެ މޫސުމާ ބެހޭގޮތުން އެ އިދާރާއިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވެހޭ ވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ މަދުން ވާރޭ ވެހޭނެ ކަމަށެވެ. ރާއްޖެއަށް އަންނަނީ ދެ މޫސުމެކެވެ. އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ދުވަސްވަރެވެ.