Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކުގައި ބާރުބޮޑު ގަޑިތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކާއި ޓްރަކް، ކްރޭން، ފޯކްލިފްޓް އަދި ޓްރެއިލާ ފަދަ އުޅަނދުތައް، މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކުގައި ދުއްވުން މަނާ ދެ ގަޑިއެއް ސަރުކާރުން ކަނޑައަޅައިފިއެވެ. މި ގަވައިދަށް އަމަލުކުރަން ފެށީ ބުދަ ދުވަހުއެވެ.

A street in Malé. Heavy vehicles are now barred from most roads in Malé and Hulhumalé during two periods each day.
A street in Malé. Heavy vehicles are now barred from most roads in Malé and Hulhumalé during two periods each day.
350 ކިލޯއަށްވުރެ ބަރު އުޅަނދުތަކާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލާ ފަދަ ބަރު އުޅަނދުތައް، މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކުގައި ދުވާލަކު ދެ ވަގުތެއްގައި ދުއްވުން މަނާކުރާ ގަވައިދަކަށް ބުދަ ދުވަހު ވަނީ އަމަލުކުރަން ފަށައިފައެވެ. ދުއްވުން މަނާ ގަޑިތަކަކީ ހެނދުނު 6:00 އިން 8:30 އަށް، އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް ކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެއެވެ. އެ ގަޑިތަކުގައި މިފަދަ އުޅަނދުތަކަށް ދުއްވޭނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުގައެވެ. މާލޭގެ އެހެން ހުރިހާ މަގުތަކާއި، ހުޅުމާލޭގެ މަގުތަކާއި، ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅު އެޅީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދު ދުއްވާ މީހުންނަށް ވެސް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. މަނާ ގަޑިތަކަކީ ސްކޫލުތަކާއި އޮފީސްތައް އާންމުކޮށް ފެށޭ ގަޑިއާއި، ސްކޫލުތައް ނިމޭ މެންދުރުގެ ވަގުތެވެ. މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު އަންގާރަ ދުވަހު ވިދާޅުވީ، ބަރު އުޅަނދު ދުއްވާ ގަޑިތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާކުރާތާ ގާތްގަނޑަކަށް ހަތަރު މަސް ވެއްޖެ ކަމަށާއި، މަސައްކަތް ކުރަނީ ގިނަ ބަޔަކަށް ކަމުދާނެ ހައްލެއް ގެނައުމަށް ކަމަށެވެ. ސްކޫލުތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި ތޮއްޖެހިފައިވާ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުމުގެ ޝަކުވާ އާންމުންގެ ފަރާތުން އަންނަނީ އިތުރުވަމުންނެވެ. އަދި މިފަދަ އުޅަނދުތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓުތައް ވެސް ކުރިން ހިނގާފައިވެއެވެ. މީގެ ކުރިން ވެސް މާލޭގެ މަގުތަކުގައި ވަކި ގަޑިތަކެއްގައި ބަރު އުޅަނދު ދުއްވުން މަނާކޮށް، ފަހުން އެކަން ވަނީ ލުއިކޮށްފައެވެ.