Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ފަތުރުވެރިކަން

މި އަހަރު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ފޮނުވި ފަސްވަނަ ގައުމަކަށް އިޓަލީ

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު މިހާތަނަށް އިޓަލީން 100،186 ފަތުރުވެރިން ޒިޔާރަތްކޮށްފި. ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ.

Velana International Airport, the main gateway for visitors arriving in the Maldives.
Velana International Airport, the main gateway for visitors arriving in the Maldives.
މި އަހަރު މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ފޮނުވި ފަސްވަނަ ގައުމަކަށް އިޓަލީ ވެއްޖެ ކަމަށް ފަތުރުވެރިކަމާއި އޭވިއޭޝަނާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ވުޒާރާއިން ބުނީ ހޯމަ ދުވަހުގެ ނިޔަލަށް އިޓަލީން 100،186 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަހަރުގެ ފެށުނީއްސުރެ ރާއްޖެއަށް ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %3.4 ދަށް އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. އެ ގައުމުން 314،519 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނައީ ރަޝިޔާއިން 237،203 ފަތުރުވެރިން، އިނގިރޭސިވިލާތުން 123،336 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 105،024 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1،294 ތަނެއް ހުޅުވާފައިވާއިރު، އޭގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 68،093 އެނދެވެ. މި އަހަރުގެ ކުރީކޮޅު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާރިޗު، އެޕްރީލް އަދި މެއި މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މަސްތަކާ އަޅާބަލާއިރު 24 އިންސައްތަ ދަށްވިއެވެ. ނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުން ގުޅިގެން ކުރި މަސައްކަތުން އެ ފަރަގު މިހާރު 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށާއި، އަހަރު ނިމޭއިރު މިދިޔަ އަހަރާ ގާތްގަނޑަކަށް އެއްވަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.