Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އިޤްތިޞާދު

އޮގަސްޓު މަހު އިގުތިސާދު 2.4 ޕަސެންޓް ކުރިއަރައިފި

އޮގަސްޓު މަހުގެ އިގުތިސާދީ އުފެއްދުންތެރިކަން 9.64 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު 2.4 ޕަސެންޓް އަދި ޖުލައި މަހާ އަޅާބަލާއިރު 5.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

Malé, the capital. Economic output rose 2.4 percent year on year in August.
Malé, the capital. Economic output rose 2.4 percent year on year in August.
އޮގަސްޓު މަހުގެ އިގުތިސާދީ އުފެއްދުންތެރިކަން ހުރީ 9.64 ބިލިއަން ރުފިޔާގައެވެ. އެއީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9.41 ބިލިއަން ރުފިޔާއަށްވުރެ 2.4 ޕަސެންޓް އިތުރު އަދަދެއް ކަމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އޮކްޓޯބަރު 15 ގައި ނެރުނު މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު ރިޕޯޓުގައި ބުނެފައިވެއެވެ. ޖުލައި މަހާ އަޅާބަލާއިރު ވެސް އުފެއްދުންތެރިކަން 5.4 ޕަސެންޓް އިތުރުވިއެވެ. ޖޫން މަހު އިގުތިސާދީ ހަރަކާތް ދަށްވި ނަމަވެސް، އޭގެ ފަހުން އައި ދެ މަހު ވަނީ އަލުން ކުރިއަރައިފައެވެ. އެންމެ ބޮޑަށް ކުރިއެރީ މާލީ އަދި އިންޝުއަރެންސްގެ ހިދުމަތްތަކެވެ. މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތް އިތުރުވުމުން، އެ ދާއިރާ 21.9 ޕަސެންޓް ކުރިއަރައި 748 މިލިއަން ރުފިޔާއަށް އެރިއެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.1 ޕަސެންޓް އިތުރުވެ 864 މިލިއަން ރުފިޔާއަށް އެރިއިރު، އިމާރާތްކުރުމުގެ ދާއިރާ 10.4 ޕަސެންޓް ކުރިއަރައި 487 މިލިއަން ރުފިޔާއަށް އެރިއެވެ. އެންމެ ބޮޑު ދާއިރާއަކީ އަދިވެސް ފަތުރުވެރިކަމާ ގުޅޭ އެކޮމޮޑޭޝަނާއި ކާބޯތަކެތީގެ ހިދުމަތެވެ. އެ ދާއިރާއިން 2.23 ބިލިއަން ރުފިޔާ، ނުވަތަ އުފެއްދުންތެރިކަމުގެ 23.1 ޕަސެންޓް ހިއްސާކުރިއެވެ. ފަތުރުވެރިން ތިބޭ ރޭގެ އަދަދު އިތުރުވުމުން ޖުލައި މަހާ އަޅާބަލާއިރު 10.6 ޕަސެންޓް، އަދި މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު 0.7 ޕަސެންޓް އިތުރުވިއެވެ. ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން އިގުތިސާދުގެ 11.7 ޕަސެންޓް ހިއްސާކުރިއެވެ. އޮގަސްޓު މަހުގެ އުފެއްދުންތެރިކަމަކީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8.65 ބިލިއަން ރުފިޔާއަށްވުރެ 11.4 ޕަސެންޓް އިތުރު އަދަދެކެވެ.