ޓައިނީ ހާޓްސްއިން ހިލޭ ކަސްރަތު ވީޑިއޯ 10 ނެރެފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީގައި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" މަޝްރޫއު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ހުރިހާ އުމުރުފުރައަކާއި ކުޅެދުންތެރިކަމުގެ ހުރިހާ ފެންވަރަކަށް އަމާޒުކޮށްގެން ހިލޭ ބަލައިލެވޭ ކަސްރަތު 10 ވީޑިއޯ ވަނީ ތައްޔާރުކޮށްފައެވެ.