65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ޙައްޖު ޖާގަ
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށްޓަކައި އެމީހުންގެ ޕެންޝަން ސޭވިންގްސް ބޭނުންކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.