ކްރޮސްރޯޑްސްގެ އެމްބޫދޫ ފަރުބައި ދިވެހިރާއްޖޭގެ އެންމެ ބޮޑު އޯ.އީ.ސީ.އެމް ސައިޓަކަށް ކަނޑައަޅާފައި
ކްލައިމަޓް ޗޭންޖް، އެންވަޔަރަމަންޓް އަދި އެނަރޖީ މިނިސްޓްރީން ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމްބޫދޫ ފަރުބައިގެ 1.71 އުރުގެ ކިލޯމީޓަރު ބައި، އަންނަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންސަވޭޝަން މެޝަރަކަށް (އޯ.އީ.ސީ.އެމް) އެކަށީގެންވަނީ ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އޯ.އީ.ސީ.އެމް ސައިޓެވެ.