ޓެކްސް މަޢުލޫމާތުގައި ރާއްޖެ ލާޖްލީ ކޮމްޕްލަޔަންޓް
އޯއީސީޑީ ގްލޯބަލް ފޯރަމްގެ ޕިއަރ ރިވިއުއަކުން، ޓެކްސްއާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ޖުމްލަ ގޮތެއްގައި ދިވެހިރާއްޖެއަށް "ލާޖްލީ ކޮމްޕްލަޔަންޓް" (ބޮޑުބައެއް ފުރިހަމަވެފައިވާ) ރޭޓިންގެއް ދީފިއެވެ. މި ދާއިރާއިން ފާހަގަކުރެވުނު މައިގަނޑު އުނިކަމަކީ ބެނެފިޝަލް އޯނަރޝިޕް (ޙަޤީޤީ މަންފާ ލިބޭ ފަރާތްތަކާ ބެހޭ) ޤަވާޢިދުތަކެވެ.