ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 74 މިލިއަން ރުފިޔާގެ ގްރާންޓް ކަނޑާލައިފި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި
ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކައުންސިލަށް ދޭ ބްލޮކް ގްރާންޓުން 74 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ކަނޑާލާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބުދަ ދުވަހު ވިދާޅުވެ، ހިދުމަތްތަކާއި މުވައްޒަފުން ނެގުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުކުރެއްވިއެވެ.